ކުޑަރިކިލުން ނަސްރަތަށް ހޫނު މަރުހަބާއެއް

ނަސްރަތު އަށް ކުޑަރިކިލު ރައްޔިތުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ– ހަސަން ސިރާޖު

ރޯދަ މަހު ޓީވީއެމުން ބޭއްވި ބޮޑެތި “އެންމެ އަލި ގަދަ ތަރި” ގުރުއާން މުބާރާތުން މި އަހަރު ތިންވަނަ ހޯދި ރ. ހުޅުދުއްފާރު، ނަސީމީގޭ ނަސްރަތު އިސްމާއީލަށް ކުޑަރިކިލުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ކުޑަރިކިލު ބޭފުޅާކަ ކައިވެނި ބައްލަވައިގެން އެރަށުގައި ދިރިއުޅެމުން އަންނަ ނަސްރަތު މިއަދު ހަވީރު އެރަށަށް ވަޑައިގަތުމުން ވަނީ، އޭނާ ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކޮށް ރައްޔިތުންގެ ފަރާތުން އައްސަރިބަހާއި ސާބަސް ދީފައެވެ.

ނަސްރަތު އަށް ކުޑަރިކިލު ރައްޔިތުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ– ހަސަން ސިރާޖު

ނަސްރަތުގެ އެ ކާމިޔާބީ ފާހަގަ ކުރަން އެރަށު ސްކޫލުގެ ގޯތި ތެރޭގައި ވަނީ ނަސްރަތުގެ ޝަރަފުގައި ރައްޔިތުންގެ ފަރާތުން ހަވީރުގެ ސައިފޮދެއްވެސް އަރުވާފަ އެވެ.

މީގެ އިތުރުން ނަސްރަތު ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހަނދާނީ ފިލައެއް އަރުވަންވެސް ހަމަޖެހިފައިވާ ކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ.

ނަސްރަތު އަށް ކުޑަރިކިލު ރައްޔިތުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ– ހަސަން ސިރާޖު

މިއަހަރުގެ “އެންމެ އަލި ގަދަ ތަރި” އަކަށް ފ. ނިލަންދޫ ގްރީންހެވަން، މުހައްމަދު އިސްމާއީލް ހޮވުނުއިރު، ދެވަނަ ހޯދީ މާލެ، ގ. ޖޫލިއަޓްގެ، ފާތިމަތު މަލްދާ މުހައްމަދެވެ.

މުބާރާތް ކާމިޔާބުކުރުމުން އިނާމެއްގެ ގޮތުގައި މުހައްމަދު އިސްމާއިލަށް ވަނީ ފަސްލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ވަނީ ދީފަ އެވެ. އިތުރު ވަނަތަކަށް ހޮވުނު ބައިވެރިންނަށް ހައްޖުދަތުރާއި، ސްކޮލަޝިޕްތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ވަނީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.