ޕީޕީއެމްގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ސަލީމް ގޮވާލައްވައިފި

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދުމަކީ ވެރިކަން ކުރާ ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާ ދެއްވަންޖެހޭ ކަމެއް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.

“މިހާރު” އާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މަސީހާ ދެކޮޅަށް މިހާ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު ފަރާތްތަކަށް ލިބުމަކީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރާއި އަބްދުއްރަހީމް އަބްދުﷲ އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.

އަދި މިއީ އެކަށީގެންވާ ގޮތެއްގައި ޕީޖީ ގުރޫޕް ނުބެލެހެއްޓުމުގެ ނަތީޖާކަމަށްވެސް ސަލީމް “މިހާރު” އަށް ވިދާޅުވި އެވެ.

މަސީހާ ދެކޮޅަށް 45 މެމްބަރަކު ސޮއިކުރެއްވިއިރު، އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ ނުވަ މެމްބަރަކު ހިމެނެ އެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސަލީމް ސޮއެއް ނުކުރައްވަ އެވެ.

އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއެކު މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. މިއީ މަސީހުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅި ތިން ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.