
ރީތި ބީޗު ރިސޯޓް ފަޅުތެރޭގައި ޑައިވިންކުރަން ދާން ތައްޔާރުވާން އުޅުނު އަންހެން ޓޫރިސްޓަކު ލޯންޗެއްގެ ބުރަފައްޗެއްގައި ޖެހި ވަރަށްބޮޑަށް ޒަހަމު ވެއްޖެ އެވެ.
މިދިޔަ ހަފްތާ އެ ރިސޯތަށް ހަނީމޫނަށް އައި ޖަރުމަން ވިލާތުގެ 31 އަހަރުގެ އަންހެން މީހާ ޒަހަމުވެފައިވަނީ އެ ރިސޯޓްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގެ ބުރަފަތީގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ވަހީދު ޑޮކްޓަރާ ހަވާލާދެއްވައި ވިދާޅުވި ގޮތުގައި ބުރަފަތިންޖެހި ކަފައިގެން ދިއުމުގެ ސަބަބުން ޓޫރިސްޓު މީހާ ދެ ފައިގެ ކަކުލުން ތިރި ވަނީ ވަރަށްބޮޑަށް ޒަހަމުވެފަ އެވެ.
“ހާލު ސީރިއަސް ކަމުން މިކޮޅަށް ގެނައިއިރު ވެސް މާލެ ފޮނުވާލުމަށް ދިޔައި ތައްޔާރުވަމުން، އިތުރު ފަރުވާއަށް މިހާރުވަނީ މާލެ ފޮނުވާލާފައި، ވަހީދު ވިދާޅުވި އެވެ.