ޕީޓީއޭގެ މަސައްކަތު ދުވަހުން 26 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ހިތާދޫ ސްކޫލުގެ ޕީޓީއޭ މެންބަރުން މަސައްކަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަސައްކަތް ކުރަނީ ފޮޓޯ- ހިތާދޫ ސްކޫލް

ބ. ހިތާދޫ ސްކޫލުގެ ޕީޓީއޭ ގެ ބަޖެޓު އިތުރު ކުރުމުގެ ގޮތުން އެ ޖަމިއްޔާއިން އިންތިޒާމު އިން ފާހަގަ ކުރި މަސައްކަތު ދުވަހުގެ މަސައްކަތުން 26742 ރުފިޔާ ހޯދައިފި އެވެ.

އިއްޔެ ހެނދުނު 07:30 އިން މެންދުރުފަހު 03:00 އަށް ޕީޓީއޭގެ މެންބަރުން ވަނީ ރަށުގައި އެކި އެކި މަސައްކަތް ކޮށްފައެވެ. އެގޮތުން ތަންތަން ސާފުކުރުން ފަދަ މަސައްކަތް ވަނީ ކޮށްފައެވެ.

ހިތާދޫ ސްކޫލުގެ ޕްރިންސިޕަލް ޙަބްދުލް ޙަފީޒު ދިވާޅުވީ މިއީ ޕީޓީއޭ އިން ދަރިވަރުންގެ ކުރިއެރުމަށް ޚަރަދު ކުރުމަށް ފަންޑު ރައިސް ކުރުމަށް ޕީޓީއޭއިން ހިންގާ ހަރަކާތެއް ކަމަށެވެ.

ހަފީޒު ވިދާޅުވި ގޮތުގައި މިއިވެންޓު ކުރިއަށް ގެންދެވުނީ ޕީޓީއޭގެ މެންބަރުންނާއި ސްކޫލުގެ މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ. އެހެންވެ ޕީޓީގޭގެ މެންބަރުންނާއި ސްކޫލުގެ މުވައްޒަފުންނާއި ރައްޔިތުންނަށް ސްކޫލުގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިތާދޫ ސްކޫލުގެ ޕީޓީއޭ އިން އަންނަނީ ދަރިވަރުންގެ ކުރިއެރުމަށް ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. އެގޮތުން އޯލެވަލް އަށް ދަރިވަރުން ތައްޔާރު ކުރުމުގެ ގޮތުން ރިސޯސް ޓީޗަރުން ގެނައުމާށާއި ހިތާދޫ ސްކޫލޫގެ ޑިޖިޓަލް ޕްރޮގްރާމަށްވެސް ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.