ވައްކަރު ރިސޯޓުގެ ވަޒީފާތަކަށް މީހުން ހޯދަނީ

ބ. އަތޮޅުގައި ހުޅުވަން ތައްޔާރުވަމުން އަންނަ ވައްކަރު ރިސޯޓުގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލަންކާގެ ކުންފުންޏެއް ކަމަށްވާ ނަވަލޯކާ ކޮންސްޓްރަކްޝަން ގްރޫޕުން ތަރައްގީކުރި ރިސޯޓްގެ ޕްރީ އޮޕެނިން ޓީމުގެ ގޮތުގައި އެކި ވަޒީފާތަކަށް މުވައްޒަފުން ހޯދަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ވެއިޓަރުންނާއި ގެސްޓް ސާވިސް ޓީމް އަދި ފްރޮންޓް އޮފީސް މެނޭޖަރުންނާއި އެޗްއާރު ޓްރޭނިން މެނޭޖަރުންނާއި ފައިނޭންސް ޑިޕަޓްމަންޓަށް އެކައުންޓެންޓުން ފަދަ މަގާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފައިވެ އެވެ.

ވައްކަރުގައި ހަދާފައިވާ ރެސްޓޯރަންޓެއް: ފޮޓޯ/ވައްކަރު ރިސޯޓް

އޭގެ އިތުރުން ވެސް ކައްކާ މީހުންނާއި އިންޖިނިއަރިން ދާއިރާއަށާއި އަދި ގެސްޓް ސާވިސް ޓީމު ލީޑަރުންނާއި އެޖެންޓުންނާއި ސްޕާ ތެރަޕިސްޓުން ވެސް އެ ރިސޯޓަށް ބޭނުން ވެގެން އިއުލާންކޮށްފައިވެ އެވެ.

އަންނަ އޮކްޓޯބަރު މަހު ހުޅުވަން ނިންމާފައިވާ އެ ރިސޯޓުގެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއި ފޮޓޯ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެ ރިސޯޓުން އެދެއެވެ.

ވައްކަރުގައި ހަދާފައިވާ ބީޗް ވިލާއެއް: ފޮޓޯ/ވައްކަރު ރިސޯޓް

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވު ކައިރީގައި އޮންނަ ވައްކަރު ރިސޯޓުގައި އެކި ކެޓަގަރީތަކުގެ 135 ވިލާ ހުރެ އެވެ. އެގޮތުން 43 ވޯޓާ ވިލާ، 24 ބީޗް ވިލާ، 10 ވޯޓާ ފެމެލީ ވިލާ، ޕޫލާއެކު 20 ބީޗް ފެމެލީ ވިލާ، ޕޫލާއެކު 5 ބީޗު ސުއިޓު، ޕޫލާއެކު 2 ބީޗު ފެމެލީ ސުއިޓް އަދި 12 ބީޗް ބަންގަލޯ ހުރެ އެވެ. އޭގެ އިތުރުން ޓޫރިސްޓުންނަށް ބޭނުންވާ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަފާތު އަށް ރެސްޓޯރަންޓް އާއި ބާ ހުރެ އެވެ.

ވައްކަރު ރިސޯޓުގެ ވަޒީފާތަކަށް މީހުން ހޯދަން ކޮށްފައިވާ އިއުލާން

ވައްކަރު ރިސޯޓް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އަދިވެސް އިތުރު ރިސޯޓްތައް މިއަތޮޅުގައި ދަނީ ތަރައްގީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ސަައްތާރު

    ޝެއަރހޯލްޑަރއަށް ޙިޔާނާއިތެރިވެފާވާ މައްސަލަ ވެންމަތިވެ ބެލޭނެރީތިގޮތަކަށްނިމިދާނެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.