ހަ ކްލާސްރޫމުގެ އާ އިމާރާތް ހިތާދޫ ސްކޫލާ ހަވާލުކޮށްފި

ހަ ކްލާސްރޫމުގެ އާ އިމާރާތް ހިތާދޫ ސްކޫލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/އެޑިޔުކޭޝަން

ބ. ހިތާދޫ ސްކޫލުގައި އިމާރާތް ކުރި 2 ބުރީގެ އާ އިމާރާތް އެ ސްކޫލާ ހަވާލުކޮށްފި އެވެ.

ވޯލްޑް ބޭންކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ “އެންހޭންސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ދަށުން ހިތާދޫގައި ގާއިމުކުރި ދެ ބުރީގެ އާ އިމާރާތުގައި 6 ކްލާސްރޫމް ހިމެނެއެވެ.

އެ އިމާރާތް ހިތާދޫ ސްކޫލާ ހަވާލުކޮށްދެއްވީ ހިތާދޫ ކައުންސިލުގެ ރައީސް އަބްދުﷲ އަޒީޒު އެވެ. ސްކޫލުންް ހަވާލުވެވަޑައިގަތީ އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ހަފީޒު ޚާލިދު އެވެ.

ހިތާދޫ ސްކޫލުގެ އާ އިމާރާތް

ހިތާދޫ ސްކޫލުން ބުނި ގޮތުގައި 6 ކްލާސްރޫމްގެ އާ އިިމާރާތުގައި އަންނަ ހަފްތާތެރޭ ކިޔައިދޭން ފެށޭވަރު ވާނެ އެވެ. އަދި މިއީ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައިދެވޭނެ ފެންވަރަށް ތައްޔާރުު ކޮށްފައިވާ ކްލާސްރޫމްތަކެއް ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

ވޯލްޑް ބޭންކް ހިލޭ އެހީގެ ދަށުން ބ. ތައުލީމީ މަރުކަޒުގައި މިހާރު އިމާރާތް ކުރާ ހަތަރުބުރީގެ 12 ކްލާސް ރޫމަކީވެސް މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. އެ އިމާރާތުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.