
އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ފަށަން އަތޮޅު ކައުންސިލުން ތައްޔާރުވެއްޖެ އެވެ.
މި މުބާރާތް އޮންނާނީ ޖުލައި 26 ގުޅިގެން އަންނަ ބަންދު ތެރޭގައި އޭދަފުށީ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓުގައެވެ.
އަތޮޅު ކައުންސިލު އިދާރާއިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއް ތަނަކުން ބައްދަލުވެ އެކުވެރިކަން އާލާކުރުން ކަމަށެވެ.
