ކައިޓްސާފިން ހުނަރު ދައްކާލަން ހަންޓޭ ލަންކާގައި

ހަސަން މާހިރު ކައިޓްސާފިން ކުރަނީ

ރެޑްބްލް އިން ލަންކާގައި މިއަދު ފަށާ ކައިޓްސާވިން އިވެންޓެއްގައި ހުނަރު ދައްކާލުމަށްޓަކައި، ބ. ގޮއިދުއަށް އުފަން އުމުރުން 13 އަހަރުގެ ހުނަރުވެރި ކައިޓް ސާފަރު ހަސަން މާހިރު (ހަންޓޭ) ރޭ ލަންކާއަށް ފުރައިފި އެވެ.

މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނަ އިވެންޓަގައި ހަންޓޭގެ އިތުރުން އޭނާ އާއެކު ބެލެނިވެރިންގެ ގޮތުގައި މިދަތުގައި ދިޔަ އެރަށު ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ ހަސަން ނިޒާމާއި މުހައްމަދު ސުޖާއުއަށްވެސް މި އިވެންޓްގައި ކައިޓްސާފިން ހުނަރު ދައްކާލުމުގެ ފުރުސަތު ރެޑްބްލް އިން ވަނީ ދީފަ އެވެ.

ހަސަން ނިޒާމް ބުނިގޮތުގައި މިއީ ހަންޓޭގެ ހުނަރު ރެޑްބުލްގެ އިސްވެރިންނަށް ފެނިގެން ރެޑްބުލް މެދުވެރިކޮށް ލިބުނު ފުރުސަތެއް ކަމަށެވެ. އެގޮތުން މި އިވެންޓގައި ދުނިޔޭގެ މަޝްހޫރު ކައިޓް ސާފަރުންނާއެކު ހަންޓޭގެ ހުނަރުވެސް ދައްކާލާނެ ކަމަށް ހަސަން ބުންޏެވެ.

 

 

ހަންޓޭ ހުނަރު އެންމެ ފުރަތަމަ ފެނިގެން ދިޔައީ މީގެ ދެ އަހަރެއްހާ ކުރިން ވާރޭ ވެހި އެރަށު މަގުތަކުގައި ހެދިފައި އޮންނަ ފެންގަނޑު ތެރޭ، ބައިސްކަލެއް ފަހަތުގަިއ ވާފަށެއް ޖަހައި އޭގައި ހިފަހައްޓާލައިގެން ފިލާގަނޑެއްގެ މަތީގައި ދެއްކި “ސާފިން” ހަރަކާތްތަކުންނެވެ.

އޭގެފަހުން ރަށުގެ ޒުވާނުންތަކެއް ހިންގާ ވޯޓާ ސްޕޯޓްސް ސެންޓަރަކަށް ގޮސް އެތަނުގެ އިންސްޓްރަކްޓަރުންގެ އެހީގައި މި ކުއްޖާ ކައިޓްސާފިން ދަސްކުރީ ގާތްގަނޑަކަށް ތިން ދުވަހުގެ ތެރޭގަ އެވެ.

އޭނާ ހުނަރު ތަރައްގީކޮށް، ކުރިއަރުވައިފި ނަމަ، ކައިޓްސާފިންގައި ރާއްޖޭން ބޭރުގައި ވާދަކުރެވިދާނެ ވަރުގަދަ ހުނަރުވެރިއަކު އުފެއްދޭނެ ކަމުގެ ޔަގީންކަން އޭރުވެސް އިންސްޓްރަކުޓަރުން ވަނީ ދީފަ އެވެ.
ގޮއިދޫ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ހަސަން މާހިރު (ހަންޓޭ) މިދިޔަ ރޯދަމަހު ވަނީ ދުނިޔޭގެ ފްރީ ޑައިވިންގް ޗެމްޕިއަން އޮސްޓްރޭލިޔާގެ ހިބާޓް ނިޗް އާއެކު ފްރީ ޑައިވިން ޓްރޭނިން އެއްވެސް ފުރިހަމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.