ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ޑިނާ ނައިޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
“ޕީޓީއޭ ޖާފަތް 2017” ނަމުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ން 10:00 އަށް އެ ސްކޫލުގައި ބާއްވާ ޑިނާ ނައިޓުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ދިވެހި ކެއުމުގެ ރަހަތައް ކަމަށް ޕީޓީއޭއިން ބުންޏެވެ.
އެ ސްކޫލުގެ ޕީޓީއޭ އިން ބުނި ގޮތުގައި “ޕީޓީއޭ ޖާފަތް 2017” ގެ ނަމުގައި ބާއްވާ މި ޑިނާ ނައިޓަކީ ޕީޓީއޭ އިން ހިންގާ ފަންޑް ރައިސް ކުރުމުގެ ޕްރޮގްރާމަށާއި ސްކޫލުގައި ހިންގޭ އެހެނިހެން ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ސްކޫލާ ގުޅިގެން ބާއްވާ ޑިނާ ނައިޓެކެވެ.
ޑިނާ ނައިޓުގެ އާއްމުންނަށް ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ. ނަމަވެސް ސްކޫލް ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 50ރ އަށެވެ.
އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ޑިނާ ނައިޓްގެ ޓިކެޓް މާދަމާއިން ފެށިގެން އެ ސްކޫލުން ވިއްކަން ފަށާނެ އެވެ.