އޭދަފުއްޓަށް އާ ޖަނަރޭޓަރެއް ފޮނުވައިފި

އޭދަފުއްޓަށް ފޮނުވާ އާ ޖަނަރޭޓަރު މިރޭ ބޯޑަށް ލޯޑުކުރަނީ.

ބ. އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން 800 ކިލޯވޯޓްގެ އާ ޖަނަރޭޓަރެއް މިރޭ މިރަށަށް ފޮނުވައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިރަށަށް ފޮނުވުމަށްޓަކައި މިރޭ އިރާކޮޅު ބޯޓަށް އެރުވީ 800 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. މާދަމާގެ ވަގުތެއްގައި ޖަނަރޭޓަރު އޭދަފުއްޓަށް ގެނެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭދަފުއްޓަށް ކަރަންޓްގެ ހިދުމަތް ދިނުމަށް މި ވަގުތު ތިން ޖަނަރޭޓަރު ބޭނުންކުރެ އެވެ. އެއީ 300 ކިލޯވޮޓް، އާއި، 400 ކިލޯވޮޓް އަދި 600 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

ނަމަވެސް ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވެ، ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށްދާތީ މިހާރު އެ އިންޖީނު ތަކުގެ ކެޕޭސިޓީން އުފައްދާ ކަރަންޓުން ނުފުދެ އެވެ. އަދި އިންޖީނުތަކަށް މައްސަލަ ޖެހި ދޭތެރެ ދޭތެރެއިން ދަނީ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންނެވެ.

ފެނަކައިން އޭދަފުއްޓަށް އާ ޖަނަރޭޓަރެއް މިރޭ ފޮނުވިއިރު އެތަނުގައި މިހާރު ބޭނުންކުރާ 600 ކިލޯވޯޓްގެ ޖަނަރޭޓަރަށް އިއްޔެ ދިމާވި މައްސަލައަކާ ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުން އެކިވަގުތު ތަކުގައި ދިޔައީ ކަރަންޓް ކަނޑަމުންނެވެ.

އޭދަފުށީގެ ކަރަންޓްގެ މައްސަލަ ބޮޑުވެފައިވާތީ، މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި އޭދަފުށީގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެފައިވަނީ އޭދަފުއްޓަށް މިދިޔަ ޖޫން މަސް ނިމުމުގެ ކުރިން އެއް މެގަވޯޓް އިންޖީނެއް ގެނެސް އިންސްޓޯލް ކޮށްދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.