މޯލްޑިވިއަނުން އަގުހެޔޮ ފެއާތަކެއް ތައާރަފްކޮށްފި

ތެލުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމާ ގުޅިގެން މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުހެޔޮ ފެއާތަކެއް މިއަދު ތައާރަފްކޮށްފި އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނިން އެތެރޭގެ މަންޒިލްތަކަށް އަގުހެޔޮ ފެއާތަކެއް ތައާރަފްކުރީ ޖެޓް ފިއުލްގެ އަގަށް އައި ބަދަލު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށެވެ.

އެގޮތުން މާލެ އިން ބ. ދަރަވަންދޫ އަށް ދިއުމަށް ކޮޅަކަށް 598ރ. ނަގާއިރު، މާލެ އިން ރ. އިފުރު އެއާޕޯޓަށް ދިއުމަށް ކޮޅަކަށް ނަގާނީ 799ރ. އެވެ.

މާލެއިން ގަމަށް އަދި މާލެ އިން ޏ. ފުވައްމުލަކަށް ދަތުރުކުރާނަމަ، ކޮޅަކަށް ނަގާނީ 898ރ. އެވެ. މާލެ އިން ގދ. ކާޑެއްދޫއަށާއި ގއ. ކޫއްޑޫ އަށް ދިއުމަށް ކޮޅަކަށް ނަގާނީ 876ރ. އެވެ. މާލެ އިން ލ. ކައްދު އަށާއި ތ، ތިމަރަފުއްޓަށް ނަގާނީ 854ރ. އެވެ. އަދި މާލެ އިން ހދ. ހަނިމާދޫ އަށް ދިއުމަށް ކޮޅަކަށް 854ރ. ނަގާއިރު މާލެ އިން ދ. ކުޑަހުވަދޫ އަށް ދިއުމަށް ކޮޅަކަށް 799ރ. ނަގާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ މިއީ މިހާތަނަށް ތައާރަފްކުރި އެންމެ ހެޔޮ އަގު ކަމަށާއި އަލަށް ތައާރަފް ކުރި ފެއާތައް އަންނަ ހޯމަ ދުވަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ވިއްކާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.