ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ފަރާތުން ސަލީމަށް ބަހުގެ ހަމަލާތަކެއް!

އޭދަފުށީ ދާއިރާގެ މެމްބަރު އަލީ ސަލީމް. — ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްގެ ވައިބާ ގްރޫޕް ހޫނުވެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

“މިހާރު” ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ވައިބާ ގްރޫޕް ރޭ ހޫނުވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްއާ ދެ ބޭފުޅުންގެ ގުޅުން އޮންނަ ކަމަށް ބުނެ، ޕޯސްޓަރެއް ގްރޫޕަށްލި މައްސަލައިގަ އެވެ.

ނިމާލް ވިދާޅުވީ ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިންގަވާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ލިޔެކިއުންތައް އޭނާގެ އަތުގައި ވެސް އެބަހުރި ކަމަށެވެ. އެއާއެކު، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދެމެދު ދޭތެރެ ޖައްސަން ވާހަކަ ނުދެއްކުމަށް އެދިވަޑައިގެންފައިވާ ކަމަށް މިހާރުގައި ރިޕޯތްކޮށްފައިވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން ސަލީމް ވިދާޅުވީ ތި މައްސަލަ ހައްލު ކުރުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އެހީތެރިކަމާއެކު ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވަނީ ވައިބާ ގްރޫޕްގައި ވަގުތުން ސަލީމަށް ރައްދު ދެއްވައިފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވ.

“ސަލީމަށް މުއާޒް ރައްދު ދެމުން ވިދާޅުވީ ދެނެއް ސަލީމަކަށް ބޭނުންހާ ގޮތަކަށް ކަންތައްތަކެއް ނުުކުރެވޭނެއޭ،” ވައިބާ ގްރޫޕްގައި އިންނަވާ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސް ބޭފުޅަކު ދެއްކެވި އެ ވާހަކަތަކަކީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން މެމްބަރު ސަލީމާއި ޕީޕީއެމްގައި ތިއްބެވި އެހެން މެމްބަރުންނަށް ދެއްވި އިންޒާރެކެވެ. އަދި އެ ގޮތަށް އިންޒާރު ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޕީޕީއެމްގެ މެމްބަރުން ވިދާޅުވި އެވެ.

“ކަނޑައެޅިގެން އެ ބުނަނީ ގޮނޑި ގެއްލުވާނާމޭ. އެހެން އިންޒާރު އެ ދިނީ ސަރުކާރުގެ ތެރެއިން. މި ކަހަލަ އިންޒާރު އެފަދަ ބޭފުޅުންނަށް ނުދެވޭނެ،” ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވި ކަމަށް މިހާރު ނޫހުގައިވެ އެވެ.

މިކަމާ ގުޅިގެން މުއާޒް “މިހާރު” އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ އެއްވެސް މެމްބަރަކަށް އިންޒާރު ދީފައި ނުވާނެ އެވެ. އަދި އޭނާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.