އާ ޖަނެރޭޓަރުން ކަރަންޓް ދޭން ހަފްތާއެއްވަރު ނަގާނެ: ފެނަކަ

އޭދަފުށީ އިންޖީނުގޭގެ ޓެކްނިކަލް ޓީމް އާ އިންޖީނު ބެހެއްޓުމަށް ވާއްޖެހޭ ތައްޔާރީތަކުގައި.. އާ އިންޖީނުން ކަރަންޓްދޭޏް އަދި ހަފްތާއެއްވަރު ނަގާނެ

އޭދަފުށީގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އަލަށް ގެނައި 800 ކިލޯވޯޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓް ދޭން އަދި ހަފްތާއެއްވަރު ވާނެ ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުގެ މެނޭޖަރު އަލީ ޝަފީގު ވިދާޅުވީ އަލަށް ބެހެއްޓި ޖަނަރޭޓަރު ޓެސްޓް ކުރުމަށްފަހު ކުރިއަށްއޮތް ހަފްތާތެރޭ ސްޓާޓް ކުރެވޭނެ ކަމަށެވެ.

“ޖަނަރޭޓަރު ޓެސްޓްކުރަން ފަށަން ތައްޔާރުވަމުން މިދަނީ. ހުކުރު ދުވަހުން ފެށިގެން ކުރަމުންއެދަނީ އެ މަސައްކަތް. މިހާރު ކުރަމުން ދަނީ އެއަށް ޕެނަލް އާއި ކޭބަލް އެޅުމުގެ މަސައްކަތް، މި ބަލަނީ ޖުލައި 26 ގެ ކުރިން އާ ޖަނަރޭޓަރުން ކަރަންޓް ދޭން ފެށޭނެ ކަމަށް،” އޭނާ ވިދާޅުވި އެވެ.

އަލީ ޝަފީގު ވިދާޅުވީ އަލަށް ބޭނުންކުރަން ފަށާ ޖަނަރޭޓަރާއެކު މިރަށުގެ ކަރަންޓުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

“މިހާރު ދިމާވެފައިވާ ޝޯޓޭޖަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިހާރު އަޅުގަނޑުމެންނަށް މަރާމާތަށް އެންމެ އިންޖީނެއް ނިއްވާލުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް. މި ޖަނަރޭޓަރު ބޭނުންކުރަން ފެށުމާއެކު ބައެއް ޖަނަރޭޓަރުތައް ނިއްވާލައިގެން މަރާމާތުކުރަން ފެށޭނެ،” އޭނާ ވިދާޅުވި އެވެ.

އަލީ ޝަފީގު ވިދާޅުވި ގޮތުގައި އިއްޔެއިން ފެށިގެން ގިނަގިނައިން ކަރަންޓް ކެނޑެނީ އަލަށް ގެނައި ޖަނެރޭޓަރު އިންސްޓޯލުކުރުމަށް ކުރުމުގެ ތެރޭގައި ދިމާވާ ޓެކްނިކަލް ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

“މިހާރު ކަރަންޓް ކެނޑެނީ މާބޮޑު މައްސަލައެއް ދިމާވެގެން ނޫން، އަލަށް ބެހެއްޓި ޖަނެރޭތަރު އިންސްޓޯލު ކުރުމަށް ދިމާވާ ޓެކްނިކަލް ކަންތައްތައް ކުރުމަށް ކަރަންޓް ކެނޑެނީ، އަދިވެސް ކަރަންޓް ކެނޑުން އެކަށީގެންވޭ،”

އޭދަފުށީ އިންޖީނުގެއިން ބުނީ މިދިޔަ ހުކުރުދުވަހު އޭދަފުއްޓަށް ގެނައި ޖަނަރޭޓަރާއެކު މިރަށުގެ ކަރަންޓް ކެޕޭސިޓީ 2 މެގަވޮޓަށް ވުރެ އިތުރުވާނެ ކަމަށެވެ. އަދި އޭދަފުށީގައި ކަރަންޓް އުފައްދަން ޖުމްލަ 4 ޖަނަރޭޓަރު ބޭނުންކުރެވޭނެ ކަމަށް ވެސް އެ ފެނަކައިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.