ބ. އަތޮޅުގެ 29 ދަރިވަރަކު ބީޓެކް ޑިޕްލޮމާ ހާސިލްކޮށްފި

ބީޓެކްގެ ދަސްވެނިންނަށް އިނާމާއި ސެޓުފިކެޓް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެތެރެއިން—ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބ. އަތޮޅު ސްކޫލުތަކުން މިދިޔަ އަހަރު ގްރޭޑް 10 ނިންމި 29 ދަރިވަރަކު ބީޓެކް ޑިޕްލޮމާ ލެވެލް ދޭއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފި އެވެ.

މިއަތޮޅުން ބީޓެކް ޑިޕްލޮމާ ލެވެލް ދޭއް ނިންމީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 10 ދަރިވަރުންނާއި ކެންދޫ ސްކޫލުގެ 9 ދަރިވަރުންގެ އިތުރުން ގޮއިދޫ ސްކޫލުގެ 6 ދަރިވަރުން އަދި ކަމަދޫ ސްކޫލުގެ 5 ދަރިވަރެކެވެ. އޭގެ ތެރެއިން 6 ދަރިވަރުން ސްޓާ ޑިސްޓިންކްޝަން ހާސިލްކުރިއިރު، 3 ކުއްޖަކުވަނީ ޑިސްޓިންކްޝަން ހާސިލުކޮށްފަ އެވެ. އަދި 7 ދަރިވަރަކު މެރިޓް ހާސިލުކުރިއިރު، 12 ދަރިވަރުންވަނީ ފާސް ހޯދައިފަ އެވެ.

ބީޓެކް ޕްރޮގްރާމުގައި ބ. އަތޮޅު ސްކޫލުތަކުގައި ކިޔަވައިދިނީ ބީޓެކް ހޮސްޕިޓާލިޓީ އަދި ބީޓެކް ސްޕޯޓްސް އެވެ.

ބީޓެކްގެ ދަސްވެނިންނަށް އިނާމާއި ސެޓުފިކެޓް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެތެރެއިން— ފޮޓޯ/ އަވަސް

ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި 2014 ގައި ތައާރަފްކުރި ބީޓެކް ޑިޕްލޮމާ ލެވެލް ދޭއް ނިންމި 319 ދަރިވަރުންނަށް ރޭ ވަނީ ސެޓްފިކެޓް ދީފަ އެވެ.

ބީޓެކް ޑިޕްލޮމާ ލެވެލް ދޭއް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމު ވިދާޅުވީ ގައުމަށް ބޭނުންވާ ތަރައްގީ އަކީ އެންމެން ޝާމިލް ވެގެން ގެނެވޭނެ ތަރައްގީއެއް ކަމަށާއި އެކަމުގައި ތައުލީމީދާއިރާގެ ވަރަށް ބޮޑު ޒިންމާ އެކުލެވިގެންވާ ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގަިއ މިއަހަރުވަނީ ބީޓެކް އޭލެވެލް ވެސް ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.