ބަނދަރު މަގުގެ ޕޭވްމަންޓްގައި ގާ އަތުރަން ފަށައިފި

އޭދަފުށީ ބަނދަރުމަތީ މަގުގައި ޕޭމަންޓް ގާ އަތުރަނީ. އީޓީ ފޮޓޯ: ރާއިފް ޔޫސުފް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން އޭދަފުށިގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ބަނދަރު ،މަގުގައި މިއަދު ޕޭވްމަންޓް ގާ އަތުރަން ފަށައިފި އެވެ.

ބަނދަރު ސަރަހައްދުގެ ޕޭވްމަންޓްގެ ބޮޑު ބައެއްގައި މިހާރު ވަނީ ގާ އަތުރައި ނިންމާފަ އެވެ.

ތާރު އަޅައިގެން އޭދަފުޑީގެ މަގު ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިރަށުގެ 15 މަގެއްގައި ތާރު އަޅާނެ އެވެ.

ދުއްވާ އެއްޗެހި ގިނަ މި ރަށުގެ މަގުތައް ވަރަށް ބޮޑަށް އަޑިގުޑަންވެ، ހަލާކުވުމުގެ ސަބަބުން ވެހިކަލްތަކަށް ގެއްލުން ލިބުން ފަދަ ކަންތައްތައް ކުރިމަތިވެ އެވެ. އަދި ވާރޭ ވެހޭ ދުވަސްތަކުގައި މަގުތަކުގައި ފެންގަނޑު ބޮޑުވުމުގެ ސަބަބުން ހިނގާ ބިގާވެ އުޅުމަށް ދަތިތައް ކުރިމަތިވެ އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި އަތޮޅުގެ ގިނަ ބަޔަކު ތަފާތު އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒިޔާރަތްކުރާ މިރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ، އިޖުތިމާއީ ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ. އަދި މި ރަށަކީ ވަރަށް ގިނަ ވެހިކަލްތައް ދުއްވާ ރަށެއްކަމުން މަގުތައް ހެދުމާ އެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ރަށު ކައުންސިލުން ބުނެ އެވެ.

މި މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު 30، 2016 ގަ އެވެ. އެކި ސަބަބުތަކާހުރެ މި މަސައްކަތްވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.

އިތުރު ފޮޓޯތަށް:

ބަނދަރު މަގުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބަނދަރު މަގުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބަނދަރު މަގުގެ ޕޭވްމަންޓް އަރިމަތީގައި ޖަހާ ކާބުތަށް ފޯކްލިފްޓުން ބޭލުމުގެ މަސައްކަތް އެމްއާރުޑީސީގެ މުވައްޒަފުން ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބަނދަރު މަގުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބަނދަރު މަގުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބަނދަރު މަގުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބަނދަރު މަގުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އޭދަފުށީ ބަނދަރުމަތީ މަގުގައި ޕޭމަންޓް ގާ އަތުރަނީ. އީޓީ ފޮޓޯ: ރާއިފް ޔޫސުފް
އޭދަފުށީ ބަނދަރުމަތީ މަގުގައި ޕޭމަންޓް ގާ އަތުރަނީ. އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ބަނދަރު މަގުގެ ޕޭވްމަންޓްގައި ގާ އަތުރާފައި  | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އޭދަފުށީ ބަނދަރުމަތީ މަގުގައި ޕޭމަންޓް ގާ އަތުރަނީ. އީޓީ ފޮޓޯ: ރާއިފް ޔޫސުފް
އެމްއާރުޑީސީގެ މުވައްޒަފަކު ޕޭވްމަންޓް މަތިން ހިނގާފައި ދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.