ހަންޓޭ އަށް ޝަރަފްވެރި މަރުހަބާއެއް

ހަންޓޭ ރާއްޖެ އައުމާއެކު ރޭ އެއާޕޯޓުން މަރުހަބާ ކިޔަނީ. ފޮޓޯ/ މުހައްމަދު ނިޒާމު

ސްރީ ލަންކާގެ ކޮލްޕިޓިއާ ބީޗުގައި ބޭއްވި “ރެޑްބުލް ހިރޯ ޓުއާ” ކައިޓްސާފިން ހުނަރު ދައްކާލުމަށްފަހު، އުމުރުން 14 އަހަރުގެ ހަސަން މާހިރު (ހަންޓޭ) ރޭ ރާއްޖެ އައުމުން ޝަރަފްވެރި މަރުހަބާއެއް ކިޔައިފި އެވެ.

ގޮއިދޫ ސްކޫލުގެ ގްރޭޑް 8 ގަިއ ކިޔަވަމުން އަންނަ ހަންޓޭ އެރައިވަލް ގޭޓުން ކުނުތުމާ އެކު އެރަށުގެ ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެގޮތުން ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލާއި އާއިލާ މެމްބަރުންނާއި މާލޭގައި ދިރިއުޅޭ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައި އޮތެވެ. އަދި އެ ވަގުތު ވަނީ ހަބޭސް ބޮޑުބެރު ގްރޫޕުގެ ބޮޑުބެރާއި ދަނޑިޖެހުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމު ވިދާޅުވީ ހަންޓޭގެ މި ހުނަރުވެރިކަމަށް އެރަށުގެ ރައްޔިތުންގެ ނަމުގައި އޭނާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ކައިޓް ސާފިން ގައި ހަންޓޭ ދައްކަމުންދާ ހުނަރަކީ ދިވެހި ކުޅިވަރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އެހެން ކުޅިވަރުތަކުން ވެސް ގޮއިދޫ ގެ ކުދިން މިފަދަ ހުނަރުތައް ދައްކާލުމުގެ އިތުރު ފުރުސަތުތައް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ނިޒާމު ވިދާޅުވި އެވެ.



މި އިވެންޓުން ހަންޓޭ އަށް ފުރުސަތު ހޯދައިދިން ރެޑްބުލްގެ އޮފިޝަލު ވިދާޅުވީ މިފަދަ އިތުރު ފުރުސަތުތައް ރާއްޖޭގެ ހުނަރުވެރި ކުދިންނަށް ހޯދައިދޭން މަސައްކަތްކުރާނެ ކަމަށެވެ. އަދި ހަންޓޭގެ މި ހުނަރު ބަލައިގަނެ، އިތުރަށް ކޮށްދެވެން ހުރި ކަންތައްތައް ބެލުމަށް ފަހު އެކަންތައް ވެސް ފަހިކޮށްދެއްވާނެ ކަމަށް ރެޑްބްލް އިން ބުންޏެވެ.

މިމަހުގެ 13-17 އަށް ލަންކާގައި ކުރިއަށްގެންދިޔަ މި ޓުއާގައި ހަންޓޭ ވަނީ އޭނާގެ ކައިޓް ސާފިން ހަރަކާތްތައް ދައްކާލައިފަ އެެވެ. އޭނާއާ އެކު 18 އަހަރުން ދަށުގެ ލަންކާގެ 2 ކައިޓް ސާފަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ހަންޓޭގެ ހުނަރުފެނިފައި މި ޓުއާގައި ބައިވެރިވި ފްރޮފެޝަނަލް ކައިޓް ސާފަރުންވެސް ތިބީ ހައިރާން ވެފައެވެ.

ހަންޓޭ ރާއްޖެ އައުމާއެކު ރޭ އެއާޕޯޓުން މަރުހަބާ ކިޔަނީ. ފޮޓޯ/ މުހައްމަދު ނިޒާމު

ހަންޓޭ ލަންކާގައި ކައިޓްސާފް ކުރަނީ

ހަންޓޭގެ މި ހުނަރު އިތުރަށް ތަރައްގީކޮށް މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.