ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ބާއްވާ ޑިނާ ނައިޓްގެ ޓިކެޓް ވިކި ހުސްވެެއްޖެ އެވެ.
ޕީޓީއޭ އިން ބުނީ ޑިނާ ނައިޓްގައި ވިއްކަން ޗާޕުކުރި 600 ޓިކެޓް މިއަދު ވިކި ހުސްވެފައިވާ ކަމަށެވެ. އަދި މިހާރު ވިއްކަމުން ގެންދަނީ 1000 ރުފިޔާގެ ވީއައިޕީ އަދި 500 ރުފިޔާގެ ގޯލްޑަން ޓިކެޓެވެ.
ޑިނާ ނައިޓުގެ ޓިކެޓް އާއްމުންނަށް ވިއްކީ 100ރ. އަށެވެ. އަދި ސްކޫލް ދަރިވަރުންނަށް ޓިކެޓް ވިއްކީ 75ރ. އަށެވެ.
ޑިނާ ނައިޓްގެ ޓިކެޓް ވިއްކަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. ގިނަ އަދަދެއްގެ ޓިކެޓް ބައެއް ރިސޯޓްތަކުވެސް ވަނީ ގަނެފަ އެވެ.
“ޕީޓީއޭ ޖާފަތް 2017” ނަމުގައި ބާއްވާ މި ޑިނާ ނައިޓް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ އެ ސްކޫލުގަ އެވެ. ޑިނާ ނައިޓުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ދިވެހި ކެއުމުގެ ރަހަތައް ކަމަށް ޕީޓީއޭއިން ބުންޏެވެ.