ކުޅިވަރާބެހޭ ވަޒީރު ހަންޓޭ އާ ބައްދަލުކުރައްވައިފި

ހަންޓޭ (މެދުގައި) އަދި ގޮއިދޫ ކައިޓްސާފިން ޓިމު ސްޕޯޓްސް މިނިސްޓަރު އިރުތިޝާމާއެކު. ފޮޓޯ/ ނިޒާމު

ބ. ގޮއިދޫއަށް އުފަން އުމުރުން 14 އަހަރުގެ ހުނަރުވެރި ކައިޓްސާފަރު ހަސަން މާހިރު (ހަންޓޭ) އާ ކުޅިވަރާ ބެހޭ ވަޒީރު އައިޝަތު އިރުތިޝާމް ބައްދަލުކުރައްވަފި އެވެ.

މިމަހުގެ 13ން 17ށް ލަންކާގެ ކޮލްޕިޓިއާގައި ކުރިޔަށްދިޔަ “ރެޑްބުލް ހީރޯ ޓުއާ”ގައި ހުނަރުދައްކާލި ހަންޓޭ އާ، ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމު ބައްދަލުކުރެއްވީ މިއަދު މެންދުރު އެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމްގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ހަންޓޭގެ އިތުރުން ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމު އާއި ގޮއިދޫ ސްޕޯޓްސް ސެންޓަރުގެ އިންސްޓްރަކްޓަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ރެޑްބުލް ހިރޯ ޓުއާ” ނިންމާލުމަށްފަހު ހަންޓޭ ރޭ ރާއްޖެ އައުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ގޭޓުން ކުނުތުމާ އެކު އެރަށުގެ ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށް އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ގޮއިދޫ ސްކޫލުގެ ގްރޭޑް 8 ގައި ކަޔަވަމުން އަންނަ ހަންޓޭ މިހާރު ދައްކަމުން އަންނަ ހުނަރާ މެދު ޕްރޮފެޝަނަލް ކައިޓް ސާފަރުން ވެސް މިހާރު ތިބީ އަންތަރީސް ވެފަ އެވެ.

އޭނާ ހުނަރު ތަރައްގީކޮށް، ކުރިއަރުވައިފި ނަމަ، ކައިޓްސާފިންގައި ރާއްޖޭން ބޭރުގައި ވާދަކުރެވިދާނެ ވަރުގަދަ ހުނަރުވެރިއަކު އުފެއްދޭނެ ކަމުގެ ޔަގީންކަން ވެސް އެމީހުންވަނީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.