ހަންޓޭއަށް ގޮއިދޫން ރަތްދޫލައިގެ މަރުހަބާއެއް

ހަންޓޭއަށް ގޮއިދޫން މަރުހާބާ ކިޔަނީ. އީވީ ފޮޓޯ: އަހްމަދު ރިޔާޒް

މިދިޔަ ހަފްތާ ލަންކާގެ ކޮލްޕިޓިއާގައި ބީޗުގައި ބޭއްވި “ރެޑްބުލް ހީރޯ ޓުއާ”ގައި ހުނަރުދައްކާލި ގޮއިދޫ 14 އަހަރުގެ ކައިޓް ސާފަރު ހަސަން މާހިރު (ހަންޓޭ) މިއަދު އެނބުރި ގޮއިދުއަށް އައުމުން އެރަށުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ހަންޓޭ އަދި އޭނާ އާއެކު ލަންކާއަށް ދިޔަ އެރަށު ވޯޓަ ސްޕޯޓްސްގެ ދެ އިންސްޓަރްކަޓަރުން މިއަދު ހެނދުނު ރަށަށް އައިސް ފޭބުމާ އެކު ރަށުގެ ބަނދަރު ސަރަހައްދުން މަރުހަބާ ކިޔުމަށް އެރަށުގެ އެންމެން ކަހަލަ ގޮތަކަށް ބައިވެރިވި އެވެ. އަދި ރަށުގެ ބަނދަރުމަތި އެއްކޮށް އޮތީ ގައުމީ ދިދައިން ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.

ރެޑްބުލް ހިރޯ ޓުއާ” ނިންމާލުމަށްފަހު ހަންޓޭ އަންގާރަ ދުވަހުގެރޭ ރާއްޖެ އައުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ގޭޓުން ކުނުތުމާ އެކުވެސް އެރަށުގެ ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށް އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ގޮއިދޫ ސްކޫލުގެ ގްރޭޑް 8 ގައި ކަޔަވަމުން އަންނަ ހަންޓޭ މިހާރު ދައްކަމުން އަންނަ ހުނަރާ މެދު ޕްރޮފެޝަނަލް ކައިޓް ސާފަރުން ވެސް މިހާރު ތިބީ އަންތަރީސް ވެފަ އެވެ.

އޭނާ ހުނަރު ތަރައްގީކޮށް، ކުރިއަރުވައިފި ނަމަ، ކައިޓްސާފިންގައި ރާއްޖޭން ބޭރުގައި ވާދަކުރެވިދާނެ ވަރުގަދަ ހުނަރުވެރިއަކު އުފެއްދޭނެ ކަމުގެ ޔަގީންކަން ވެސް އެމީހުންވަނީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.