ސަލްސާ އިންވެސްޓްމަންޓުން ބ. އޭދަފުށީގައި ހުޅުވި “ސަލްސާ ރިޓްރީޓް” ރެސްޓޯރެންޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބާއްވާ ހާއްސަ ފުޓްބޯޅަ މެޗަށް ވެޓްރަންސް ފުޓްބޯޅަ ޖަމިއްޔާއެއް ކަމަށްވާ ސޮކާމޭޓްސް ޓީމު އޭދަފުއްޓަށް އައުމުން މަރުހަބާ ކިޔުން.
މި މެޗު އޮންނާނީ މާދަމާ ހަވީރު ބ. އޭދަފުށީ ދަނޑުގައި. އޭދަފުށީގެ ކުރީގެ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގެ ކުރީގެ ކުޅުންތެރިންގެ ޓީމު ބައްދަލުކުރާ މި މެޗުގައި ދެ ޓީމަށް ވެސް ކުރީގެ މަޝްހޫރު ތަރިން ކުޅޭނެ.
ސަލްސާ ރިޓްރީޓް ރެސްޓޯރަންޓް ރަސްމީކޮށް ހުޅުވާނީ މިރޭ އެ ރެސްޓޯރަންޓްގައި ބާއްވާ ރަސްމިއްޔާތެއްގައި. އިޓީ ފޮޓޯތައް: ރާއިފް ޔޫސުފް