ސަލްސާ ރިޓްރީޓް ރަސްމީކޮށް ހުޅުވައިފި

މިރޭ ރަސްމީކޮށް އޭދަފުށިގައި ހުޅުވި ސަލްސާ ރިޓްރީޓް ރެސްޓޯރަންޓް- ފޮޓޯ / ތޯރިގު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކެއިންބުއިމުގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ސަލްސާ އިންވެސްޓްމަންޓުގެ ސަލްސާ ރިޓްރިޓް ރަސްމީކޮށް މިރޭ އޭދަފުށީގައި ހުޅުވައިފި އެވެ.

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ރެސްޓޯރަންޓް ހުޅުވައި ދިނީ ސަލްސާ އިންވެސްޓްމަންޓްގެ ވެރިޔާ އިބްރާހިމް އާމިރު (ސަލްސާ އާމިރު) ގެ ބައްޕަ އަބްދުލްޣަނީ އެވެ.

ސަލްސާ ރިޓްރީޓް ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން

މާލޭގައި ހުންނަ ސަލްސާގެ ރެސްޓޯރަންޓްތަކުގެ ކޮންސެޕްޓަށް އޭދަފުށީ ބަނދަރުމަތީގައި ހަދާފައިވާ މި ރެސްޓޯރަންޓް ތަރައްގީކޮށްފައިވަނީ 28 ގޮނޑީގެ ވީއައިޕީ ރޫމަކާއެކު އެންމެ މަތީ ފަންތީގެ މީހުންނަށްވެސް ޚިދުމަތްދެވޭ ފެންވަރަށެވެ. އެގޮތުން އެ ރެސްޓޯރަންޓްގައި އެއްފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަލްސާއިން ބުންޏެވެ.

ރެސްޓޯރަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާޙަ ދައްކަވަމުން އޭދަފުށީ ކައުންސިލުގެ ނައިބް ރައީސާ ހައްވާ ސަމީހާ ވިދާޅުވީ މިރަށަކީ އަތޮޅު ތެރެއިން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށްވުމުން މަތީ ފެންވަރުގެ ސަލްސާގެ ރެސްޓޯރަންޓެއް އޭދަފުށީގައި ހުޅުވިގެން ދިއުމަކީ ރަށަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

 

ސަލްސާގެ ތިން ރެސްޓޯރަންޓެއް މިހާރު ހިންގަ އެވެ. އެއީ މާލޭގައި ހުންނަ ސަލްސާ ރޯޔަލްގެ އިތުރުން މިރޭ އޭދަފުށީގައި ހުޅުވި ސަލްސާ ރިޓްރީޓް ގެ އިތުރުން ކ. ތުލުސްދޫގައި ހުންނަ ސަލްސާގެ ރެސްޓޯރަންޓެވެ.

“ސަލްސާ ރިޓްރީޓް” ރެސްޓޯރެންޓް ރަސްމީކޮށް ހުޅުވުމާ ގުޅުވައިގެން ކުރީގެ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއެކު ބާއްވާ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު މިރަށު ފުޓްބޯޅަ ދަނޑުގައި އޮންނާނެ އެވެ. މި މެޗުގައި އޭދަފުށީގެ ކުރީގެ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގެ ކުރީގެ މަޝްހޫރު ތަރިން ކުޅޭނެ އެވެ.

މި މެޗް އޮންނާނީ މާދަމާ ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗް ޓީވީއެމުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.