ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ކެންޓީނަށް 5،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނު

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އަހަރަކު އެއް ފަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ފަރާތުން ބޭއްވި ކެންޓީނަށް ޚަރަދު ކަނޑާ 5،610 ރ. ލިބިފައިވާ ކަމަށް އެ ސްކޫލުގެ ޕީޓީއޭ އިން މިއަދު ބުނެފި އެވެ.

ޕީޓީއޭގެ ނައިބް ރައީސާ ރާނީ އަހްމަދު ނާޝިދު ވިދާޅުވީ މިދިޔަ ހުކުރ ުދުވަހު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ކުރިއަށްދިޔަ މި ކެންޓީނަށް ފަސް ހާހަށް ވުރެ ގިނަ ފައިސާ ލިބުނީ ބެލެނިވެރިންނާއި ސްކޫލުގެ ޓީޗަރުންނާއި އާއްމުންގެ ފަރާތުން ލިބުނު ތަރުހީބުގެ ބޮޑު ކަމުން ކަމަށެވެ.

”ކުރީ އަހަރުތަކަށް ވުރެ މި އަހަރުގެ ކެންޓީނު ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު. ޒިޔާރަތް ކުރި މީހުންގެ އަދަދާއި ލިބުނު ފައިސާގެ އަދަދު ވެސް މިދިޔަ އަހަރުތަކަށް ވުރެ ގިނަ،” ރާނީ ވިދާޅުވި އެވެ.

ޕީޓީއޭ އިން ބުނީ އެ ޖަމިއްޔާގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ފައިސާ ހޯދުމަށް ބޭއްވި މި ކެންޓީނަށް ވަރަށް ގިނަ ހެދިކާ ބެލެނިވެރިން އަމިއްލަ އަށް ތައްޔާރުކޮށް ކެންޓީނަށް ހަދިޔާކޮށްދީފައިވާ ކަމަށެވެ. އަދި މި ކެންޓީނުން ލިބުނު ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ޕީޓީއޭއިން ބުންޏެވެ.

ޕީޓީއޭގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ވަނީ މި އަހަރު މާޗް މަހު ތެރޭ ޖަމްބަލް ސޭލެއް ވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.