ޝަލަބީ އާއި ބަތޫލް މި ހަފްތާގައި އޭދަފުއްޓަށް

މި މަހު 26 ގައި އޭދަފުށީގައި އޮންނަ ފަސްމޫގޫ ރޯދަ ޕްރޮމޯޝަން ޝޯގައި ޝަލަބީއާއި ބަތޫލްގެ އިތުރުން އަންމަޑޭ ވެސް ޕާފޯމްކުރާނެ

ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ “މޯލްޑިވިއަން އައިޑޮލް” އިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އާއި އަހްމަދު އިބްރާހިމް (އަންމަޑޭ) އަދި ޒުވާން އަންހެން ލަވަކިޔުންތެރިޔާ ބަތޫލާ އޭދަފުށީގައި އަންނަ ބުދަ ދުވަހުގެ ރޭ ޝޯއެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ މި ޝޯއަކީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް، އެކަން ފާހަގަކުރުމުގެ ގޮތުންނާއި ފަސްމުގޫ ގްރޫޕުން މިދިޔަ ރޯދަމަހު ބޭއްވި ލަކީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް އެ ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ ޝޯ އެކެވެ. ޝޯ އޮންނާނީ އޭދަފުށީ ރަސްމީ ސްޓޭޖްގަ އެވެ.

ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރު އިސްމާއީލް ޝަހީމް ބުނި ގޮތުގައި މި ޝޯއަކީ މިނިވަން ދުވަހާ ގުޅުވައިގެން ފަސްމޫގުން ރައްޔިތުންނަށް ދޭ ހަދިޔާއެކެވެ. އަދި މި ޝޯ ގައި ފަސްމުގޫ ފިހާރައިން މިދިޔަ ރޯދަމަހު ކުރިޔަށްގެންދިޔަ “އެއްލައްކަ ރުފިޔާގެ އަގުހުރި ފްރޮމޯޝަން”ގެ ގުރުއަތުލުމާއެކު، ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ފަސްމުގޫ ރޯދަ ޕްރޮމޯޝަން ލަކީޑްރޯ ނެގުމަށް މިދިޔަ އަހަރުވެސް މޯލްޑިވިއަން އައިޑޮލްގެ ތަރިންނާއެކު ކުލަގަދަ ޝޯއެއް ވަނީ ބާއްފައިފަ އެވެ.

އިސްމާލު ބުނީ މިފަހަހރު ބާއްވާ ޝޯ ކުލަ ގަދަވެފައި ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެެ.

އެގޮތުން ޝޯގައި ލަކީ ޑްރޯގެ ނަސީބުވެރިން ހޮވުމުގެ އިތުރުން ފަސްމުގޫ ޓީމުގެ އެންމެ ރަނގަޅު މުވައްޒަފުން ހޮވައި އިނާމު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޝޯ ގައި ފަސްމުގޫ އަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްމާލު ބުންޏެވެ.

ފަސްމުގޫ ގުރޫޕަކީ ބ. އަތޮޅުގައި ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ފަރާތެވެ. އެ ގްރޫޕުން މިއަހަރު ކުރީކޮޅު ފަސްމުގޫ ހާޑުވެއާގެ ނަމުގައި އޭދަފުށީގައި އިތުރު ފިހާރައެއްވެސް ހުޅުވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.