އަތޮޅު ހޮސްޕިޓަލުގައި އަނެއްކާވެސް ސާޖަރީގެ ޙިދުމަތް ފަށައިފި

ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ބ. އަތޮޅު ހޮސްޕިޓަލުގައި އޮޕަރޭޝަން ހާއްސަ ޑޮކްޓަރަކު ބަލި މީހުން ބަލަން ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ވަހީދު ވިދާޅުވީ އޮޕަރޭޝަން ޑޮކްޓަރެއްގެ ޚިދުމަތް މިދިޔަ ހަފްތާ ދޭން ފެށުމުން، އާދައިގެ ހުރިހާ އޮޕަރޭޝަންތަކެއްވެސް އެ ހޮސްޕިޓަލުން މިހާރު ކުރެވޭނެ ކަމަށެވެ.

“މިވަގުތު އާދައިގެ ހުރިހާ އޮޕަރޭޝަންތައް ކުރެވޭނެ. އެގޮތުން ހާނިއާ، އެޕެންޑިކްސް، ގޮށްފަދަ ތަކެތި ނެގުން ކަހަލަ އޮޕަރޭޝަންތައް ކުރެވޭނެ. މިދިޔަ ހަފްތާވަނީ ކާމިޔާބު ކަމާއެކު ބައެއް އޮޕަރޭޝަނެއްވެސް ކޮށްފައި،”

ބ. ހޮސްޕިޓަލުގައި 2015 ވަނަ އަހަރުގެ ކުރީކޮޅުވެސް އޮޕަރޭޝަން ޑޮކްޓަރެއްގެ ހިދުމަތް ފެށިއެވެ. ނަމަވެސް އޭރު ހުރި ޑޮކްޓަރު ތިން މަހެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު އެހެން ރަށަކަން ބަދަލުވުމުން އެ ހިދުމަތްވަނީ މެދުކެޑިފައެވެ. އޮޕަރޭޝަން ކުރުމުގެ ހިދުމަތް މީގެ ކުރިން ލިބެމުން ނުދާތީ، އެ ހިދުމަތް ހޯދަން ގިނަބަޔަކު ދާން ޖެހެނީ މާލެ އަށެވެ.

އަތޮޅު ހޮސްޕިޓަލުގައި ސްޕެސަލިސްޓުންގެ ގޮތުގައި މިވަގުތު އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން، އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރެެއްވެސް ދަަނީ މަސައްކަތް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.