ސޮނެވާފުށިން ފުރަތަމަ ފަހަރަށް މޫދު ކުޅިވަރު ފެސްޓިވަލެއް ބާއްވަނީ

ސޮނެވާފުށީން ހިންގާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން

ބ. އަތޮޅު ކުންފުނަދޫ ހިންގާ ސޮނެވާފުށި ރިސޯޓުން މުޅި އަތޮޅަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް މޫދު ކުޅިވަރު ފެސްޓިވަލެއް އަންނަ ހޮނިހިރު ދުވަހު އެ ރިސޯޓުގައި ބާއްވަން ހަމަޖައްސައިފިއެވެ.

މިއީ އެ ރިސޯޓުން ހިންގާ ފަތަން ދަސްކޮށްދޭ ޕްރޮގްރާމުގެ ބައެއް ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

މި ފެސްޓިވަލުގައި ކެނޯ ކުރުމާއި ޕެޑަލް ބޯޑިން އާއި ސެއިލިން ހިމެނޭނެ ކަމަށް ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި ރާއްޖޭގެ އެންމެ ޒުވާން ކައިޓް ސާފު ކުރާ ހަސަން މާހިރު (ހާންޓެ)ގެ ހުނަރު ދައްކާލުން ވެސް އޮންނާނެއެވެ.

ފެސްޓިވަލް ނިންމާލާނީ އެ ދުވަހުގެ ހުރިހާ ކުޅިވަރުތައް ހިމެނޭ ގޮތަށް އޮންނަ ރިލޭ ރޭހަކުންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅިގެން ބާއްވާ މި ފެސްޓިވަލުގައި ބައިވެރިވަނީ ގްރޭޑް 7 އާއި 8 ގެ ދަރިވަރުންނެވެ.

ބ. އަތޮޅު ވެރިކަން ކުރާ ރަށް ކަމަށްވާ އޭދަފުށިން އެ ކުދިން ސޮނެވާފުއްޓަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެދުނު 7.50 ގައެވެ. އަދި އެނބުރި އޭދަފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ މެންދުރުން އަނބުރާ 1.15 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.