ޔޫތުކަޕް އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒެނިތު ސްޕޯޓްސް ކްލަބް ބަލިކޮށް ގޮއިދޫ ޓީމުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗު ގޮއިދޫން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މުބާރާތުގައި ދެން ވާދަކުރީ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމެވެ.
މިއީ މިނިވަން ދުވަހާ ގުޅުވައިގެން މާލޭ ޒުވާނުންގެ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި އެއްދުވަހުގެ މުބާރާތެކެވެ.