ފަސްމުގޫ ރޯދަ ސޭލުގެ ނަސީބުވެރިން ހޮވައިފި

ފަސްމުގޫ ރޯދަ ޕްރޮމޯޝަން ޝޯގައި ބަތޫލް ނަސީބު ކޫޕަން ކޮޅު ނަގަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅައިގެން މިދިޔަ ރޯދަމަގު ކުރިއަށް ދިޔަ ފަސްމުގޫ ރޯދަ ސޭލް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.

މެއި 1 އިން ޖޫން 30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އެއްވަނައަށް 15،000ރ، ދެވަނައަށް 10،000ރ. އަދި ތިންވަނައަށް 5،000ރ. ހުށަހަލާފައިވެ އެވެ. އަދި އިތުރު ހަތް މީހަކު ހޮވައި ކޮންމެ މީހަކަށް އަގުހުރި ތަފާތު ތަކެތި ހުށަހަޅައިފައިވެ އެވެ.

ނަސީބުވެރިން ހޮވާފައިވަނީ ރޭ ފަސްމުގޫން ބޭއްވި ކުލަގަދަ ސްޓޭޖް ޝޯ އެއްގަ އެވެ. އެ ޝޯގައި މަސްހޫރު ލަވަކިޔުންތެރިކަމަށްވާ ސަލަބީ އިބްރާހިމް އާއި ބަތޫލް އަހްމަދު އަދި އަންމަޑޭ ވަނީ ޕާފޯމްކޮށްފަ އެވެ.

ފަސްމުގޫ ރޯދަ ޕްރޮމޯޝަން ޝޯގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އެ ޕްރޮމޯޝަންގެ އެއްވަނަ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ބ. ކެންދޫ، ދިލާވަރު ހުސައިން އަހްމަދެވެ. އަދި ދެ ވަނަ އަށް ހޮވުނީ އާދަމް (ކޫޕަން ނަންބަރު: 14564) އެވެ. ތިން ވަނަ އަށް ހޮވިފައި ވަނީ ފާތުމަތު ސަމީހާ، (ކޫޕަން ނަންބަރު 12233) އެވެ.

ބ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ފަސްމުގޫ ގްރޫޕުން ހިންގި ޕްރޮމޯޝަނުގައި 200ރ. އަށްވުރެ މަތިން ވިޔަފާރި ކުރި ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު ދިނެވެ. އަދި މި ޕްރޮމޯޝަނުގައި އެ ފިހާރަތަކުން ވިއްކާ ބައެއް މުދަލުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީފައިވެ އެވެ.

ފަސްމުގޫ ރޯދަ ސޭލް ގައި ފަސްމުގޫ ގްރޫޕުން ހިންގާ ފަސްމުގޫ ފިހާރައާއި ފަސްމުގޫ ބިލްޑްވެއާ އިން ވިއްކާ ބައެއް ސާމާނުން 10 ޕަސެންޓުން ފެށިގެން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީފައިވެ އެވެ.

ފަސްމުގޫ ގްރޫޕުން ވަނީ މިދޔަ އަހަރު ވެސް ރޯދަމަހާ ދިމާކޮށް މިފަދަ ޕްރޮމޯޝަނެއް ކުރިޔަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.