ހިތާދޫގެ ވިޔަފާރި ބިންތައް ޕްލޭން ކޮށްދޭނެ ބަޔަކު ހޯދަނީ

ހިތާދޫގައި މިހާރުހުރި އެންމެ ޤަދީމީ ބިނާ ބައުއޮފީސް ފައިލްފޮޓޯ- ހިތާދޫ އޮންލައިން
ހިތާދޫގައި މިހާރުހުރި އެންމެ ޤަދީމީ ބިނާ ބައުއޮފީސް ފައިލްފޮޓޯ- ހިތާދޫ އޮންލައިން

ބ. ހިތާދޫގެ ބަނދަރު ސަރަހަދާއި އެހެނިހެން ސަރަހައްދު ތަކުގައި ހުރި ހުސްބިންތައް ވިޔަފާރި ބޭނުމަށާއި އެހެނިން ބޭނުންތަކަށް ދޫކުރުމަށް ޓަކައި އެ ބިންތައް ޕްލޭން ކޮށް ޑިޒައިންކޮށް ކުރަހައި ދޭނެ ފަރާތްތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހިތާދޫ ކައުންސިލުން ބުނެފި އެވެ.

ހިތާދޫ ކައުންސިލުގެ ނާއިބުރައީސް މުޙައްމަދު ފާޟިލް ވިދާޅުވީ ބަނދަރު ސަރަހައްދުގައިވާ ހުސްބިންތަކާއި އަދިވެސް ރަށުގައި ހުރި އެހެނިހެން ބިންތައް ޕްލޭންކޮށް ޑިޒައިންކޮށް ކުރަހައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރުމުންދާކަމެވެ. އޭގެ ތެރޭގައި ބާ ސްކޫލާއި ބާ އޮފީސް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިކަން ކުރަންޏާ މައްސަލަތައްވެސް ހުންނާނެ އަޅުގަނޑުމެންނަކީ ކަމުގެ މާހިރުންނެއް ނޫން. އެހެންވީމާ މިކަމުގެ މާހިރުންގެ ލަފާގެ މަތިން އެ ސަރަހައްދުތައް ޕްލޭންކޮށް ޑިޒައިން ކޮށް ކުރަހާ ނިންމުމަށް ބަޔަކު ހޯދުމުގެ މަސައްކަތް ކުރަން މިއުޅެނީ. ބާ އޮފީސް ޕްލޭން ކުރާނީ އެ ތަނުގެ އާސާރީ ގޮތް ނުލެއްލޭފަދަ ގޮތަކަށް އެ ތަނުގެ ބޭނުން ކުރެވޭނެ ގޮތަކަށް ” ނާއިބު ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ހިތާދޫ ބަނދަރުގެ އޮޑިއެހެލާ ސަރަހައްދުގައި ސްލިޕްވޭ (ދޯނި އެހެލާ ތަނެއް) އެއް ހެދުމަށް މަސައްކަތް ކުރައްވާ ހިތާދޫ ކައުންސިލުން ބުނެއެވެ. އަދި ވަރަށް އަވަހަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.