ޕޮޓޭޓޯ ޗިޕްސް ދަޅަށް ލައިގެން އެމެރިކާއަށް ހަރުފަ އެތެރެކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ ކަސްޓްމަސްއިން ބުނި ގޮތުގައި ދެ ފޫޓު ދިގުމިނުގެ ކިންގް ކޮބްރާ ބާވަތުގެ ތިން ހަރުފަ އެތެރެ ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ރޮޑްރިގޯ ފްރޭންކޯ ނަމަކަށް ކިޔާ މީހެކެވެ.
މީގެ އިތުރުން އޭނާ ވަނީ ތިން ވެލާ ވެސް ހަމަ މި ގޮތަށް ސްމަގްލް ކުރަން މަސައްކަތް ކޮށްފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރޮޑްރިގޯގެ ގެ ބަލާ ފާސް ކުރުމުން އެ ގޭގެ ތެރެއިން ވަނީ އެމެރިކާގައި ހިމާޔަތް ކުރެވިފައިވާ ބާވަތުގެ ކިނބުލެއް ވެސް ފެނިފައެވެ.
އޭނާގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.