ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ތައުލީމީ މަރުކަޒަށް

ތައުލީމީ މަރުކަޒުގެ ޓީމު ޗެމްޕިއަން ޓްރޮފީއާއެކު

އިންޓަ އޮފީސް ބެޑްމިންޓަން ލީގުގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފި އެވެ.

ރޭ ކުޅުނު އިންޓަ އޮފީސް ބެޑްމިންޓަން ލީގުގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ހޯދީ ފައިނަލުގައި ބ. އަތޮޅު ކައުންސިލު އިދާރާ ބަލިކުރުމަށް ފަހު އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުން ކައުންސިލު އިދާރާގެ މައްޗަށް ތައުލީމީ މަރުކަޒުން ކުރި ހޯދީ ޓައިގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެންނެވެ.

ރޭގެ ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އަތޮޅު ހޮސްޕިޓަލުގެ ކޮމިޔުނިޓީ ހެލުތު އޮފިސަރު ސިދުގީ އަބްދުﷲ އެވެ.

މުބާރާތުގެ އެންމެމޮޅު އަންހެން ކުޅުންތެރިއަކަށް އަތޮޅު ކައުންސިލު ޓީމުގެ ރާނީ އަހްމަދު ނާސިދު ހޮވުނުއިރު، ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ތައުލީމީ މަރުކަޒުގެ ޓީމަށް ކުޅުނު އާސިފު އާދަމް މަނިކު އެވެ.

މުބާރާތުގެ އެންމެމޮޅު އަންހެން ކުޅުންތެރިޔާ ރާނީ (ވ) އަދި ފިރިހެން ކުޅުންތެރިޔާ އާސިފު (ކ)

ޖުލައި 26 ގެ ބަންދާ ދިމާކޮށް އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ހަ ޓީމު ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.