ތަޖުރިބާ ދަތުރެއްގައި ހަނިމާދޫ ސްކޫލުގެ ދަރިވަރުންތަކެއް ބ. އަތޮޅުގައި

ދަތުރުގައި ބަިއވެރިވާ ހަނިމާދޫ ސްކޫލުގެ ދަރިވަރުން: ފޮޓޯ؛ ހަނިމާދޫ ސްކޫލް

ހދ. ހަނިމާދޫ ސްކޫލްގެ ގްރޭޑް 12ގެ ދަރިވަރުންގެ ދަތުރު ނާމާ، ލިޔުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ބ. އަތޮޅަށް އަތުވެއްޖެ އެވެ.

އެގޮތުން އިއްޔެ އެ ސްކޫލްގެ 11 ދަރިވަރުންނާއި 4 ޓީޗަރުން ވަނީ މިއަތޮޅަށް އައިސްފަ އެވެ. އެ ދަރިވަރުންތައް އެނބުރި ހަނިމާދޫއަށް ދިއުމަށް ހަމަޖެހިފައި މާދަމާ މެނދުރުފަހު އެވެ.

މި ދަތުރުގައި ބައިވެރިވާ ހަނިމާދޫ ސްކޫލުގެ ލީޑިން ޓީޗަރު ޝަފީއާ އަބްދުއްރައްޒާގު ވިދާޅުވި ގޮތުގައި މިއަތޮޅަށް ކުރާ މި ދަތުރުގެ ބޭނުމަކީ ގްރޭޑް 12 ގެ ދަރިވަރުންގެ ދިވެހި ޕްރޮޖެކްޓްގެ ދަތުރު ނާމާ ލިޔުމަށް ބޭނުންވާ މައުލޫމާތުގެ އަމަލީ ތަޖުރިބާ ހޯދުމެވެ.

ހަނިމާދޫ ސްކޫލުގެ ދަރިވަރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި

“މިއީ ގްރޭޑް 12 ގެ ދިވެހި މާއްދާގެ ތެރޭގައި ހިމެނޭ ދަތުރު ނާމާގެ ޕްރޮޖެކްޓަށް ލިޔުމަށާއި އެކުދިންނަށް ތަޖުރިބާ ހޯދުމަށް އެހެން ސްކޫލެއްގެ މާހައުލަށް އައުމުގެ ގޮތުން ކޮށްލި ދަތުރެއް. މި ދަތުރުގައި މާދަމާ ދަރިވަރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއެކު ކިޔެވުމުގައި އަމަލީ ގޮތުން ބައިވެރިވާނެ،”

ހަނިމާދޫ ސްކޫލުން ބުނި ގޮތުގައި ބ. އަތޮޅަށް އަންނަން ނިންމީ މި އަތޮޅު ތައުލީމީ މަރުކަޒަކީ އަބަދަވެސް ރަންވަނަތަކެއް ހޯދާ ނަމޫނާ ސްކޫލަކަށްވެފައި ހދ. އާ ދުރު ސްކޫލެއް ތަޖުރިބާ ކޮށްލުމުގެ ގޮތުންނެވެ.

މި ދަތުރުގައި ހަނިމާދޫ ސްކޫލުގެ ދަރިވަރުން އިއްޔެ ވަނީ ދަރަވަންދޫގެ ބައެއް ތަންތަނަށް ވެސް ޒިޔާރަތްކޮށްފަ އެވެ. އަދި މިއަދު މެންދުރު ފަހު ސޮނެވާފުށީ ރިސޯޓަށް ވެސް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.