ބ. އޭދަފުށީގައި ނެޓްބޯޅަ އަމްޕަޔަރުން ތަމްރީން ކުރުމުގެ ކޯޗިން ކޭންޕެއް ފަށައިފި އެވެ.
ނެޓްބޯޅަ އެސޯސިއޭޝަން އާއި ބ. އަތޮޅު ހޮސްޕިޓަލު ގުޅިގެން އިއްޔެއިން ފެށިގެން އޯގަސްޓް 1 ގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯހުގައި 29 މީހުން ބައިވެރިވެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި އެ ތަނުގެ ނަރުހުން އިސްނަގައިގެން ކުރިއަށްގެންދާ މި ކޭންޕްގައި ނެޓްބޯޅައިގެ ގަވާއިދާއި ނެޓްބޯޅަ ކޯޗިން އަށް ބޭނުންވާ އެހެނިހެން ބައިތައް ކިޔަވައިދޭނެ އެވެ.
ނެޓްބޯލް އަމްޕަޔަރުން ތަމްރީނު ކުރުމުގެ ކޭންޕްގެ ކްލާސްތައް ނަގައިދިނީ ނެޓްބޯޅަ އެސޯސިއޭޝަނުގެ ތަޖުރިބާކާރު ރެފްރީންނެވެ.