ސޮނެވާފުށީގެ ފުރަތަމަ މޫދު ކުޅިވަރު ފެސްޓިވަލް ބާއްވައިފި

ސޮނެވާފުށީގައި އިއްޔެ ބޭއްވި މޫދު ކުޅިވަރު ފެސްޓިވަލް މުބާރާތުގެ ތެރެއިން. ފޮޓޯ: ސޮނެވާފުށި

ބ.އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސޮނެވާފުށިން ހިންގުމަށް ހަމަޖެހިފައިވާ ސިލްސިލާ މޫދު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ މޫދު ކުޅިވަރު ފެސްޓިވަލް އިއްޔެ އެރިސޯޓުގައި ބާއްވައިފިއެވެ.

މި ފެސްޓިވަލްގައި ބައިވެރިވެފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ގެ ދަރިވަރުންނެވެ. މިގޮތުން މިދަރިވަރުން ވަނީ ކެނޯއިން، ޕެޑަލް ޕޯޑިން އަދި ސެއިލިން ފަދަ މޫދު ކުޅިވަރުތައް ތަޖުރިބާކޮށްފައެވެ.

ސޮނެވާފުށީގައި އިއްޔެ ބޭއްވި މޫދު ކުޅިވަރު ފެސްޓިވަލް މުބާރާތުގެ ތެރެއިން. ފޮޓޯ: ސޮނެވާފުށި

މީގެ އިތުރުން ރާއްޖޭގެ އެންމެ ޒުވާން ކައިޓް ސާފަރ ހަސަން މާހިރު (ހަންޓެ) ގެ ހުނަރު ދައްކާލުންވެސް މި ފެސްޓިވަލްގެ ތެރޭގައި ކުރިއަށް ގެންދިޔަ އެވެ.

ސޮނެވާފުށީގައި އިއްޔެ ބޭއްވި މޫދު ކުޅިވަރު ފެސްޓިވަލް މުބާރާތުގެ ތެރެއިން. ފޮޓޯ: ސޮނެވާފުށި

ސޮނެވާ ފުށިން ބުނިގޮތުގައި މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ މަޤްސަދަކީ ދަރިވަރުން މޫދު ކުޅިވަރަށް އަހުލުވެރިކުރުވުމުގެ އިތުރުން މޫދާއި ކަނޑުގެ ތިމާވެށީގެ ހޭލުންތެރިކަން ދަރިވަރުންގެ ކިބައިގައި އިތުރުކުރުމެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަފާތު ހަރަކާތްތައް ރޭވިފައިވާކަމަށް އެރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.