ބ. އޭދަފުށީ، ބޮކަރުމާގޭ ޔޫސުފް އަހްމަދު ނިޔާވެއްޖެ އެވެ.
ޔޫސުފް އަހްމަދު، ނިޔާވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ނިޔާވިއިރު އުމުރަކީ 77 އަހަރެވެ.
ޔޫސުފު އަހްމަދުގެ މުޅި ހަޔާތް ހޭދަކޮށްފައިވަނީ ލޯފަން މީހެއްގެ ގޮތުގަ އެވެ.
އަލްމަރުހޫމް ޔޫސުފް އަހްމަދު ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.