އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި

އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ވައިލެޓް ހައުސް އާއި ޔެލޯ ހައުސް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މިއަދު ހަވީރު ފަށައިފި އެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދަނީ ސީނިއާ އަދި ޖޫނިއާ ގްރޫޕް ހިމެނޭ ގޮތަށް އެ ސްކޫލުގެ ހަތަރު ހައުސްގެ މެދުގަ އެވެ.

ފުރަތަމަ މެޗުގައި ބައްދަލު ކުރީ ވައިލެޓް ހައުސް (ވަތަބަނޑޭރި ހައުސް) އާއި ޔެލޯ ހައުސް (ޔޫސުފް ކަލޭފާނު ހައުސް) އެވެ. މި މެޗުން ވައިލެޓް ހައުސް ވަނީ 2-0 ކުން މޮޅުވެފައެވެ. މުބާރާތުގެ ޖޫނީއާ ގްރޫޕްގެ ކުޅުން ފަށަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

އިންޓަހައުސް ފުޓްބޯޅަ މުބާރާތް މިއަދު ފެށިއިރު، ނެޓްބޯޅަ މުބާރާތް ފަށާނީ އަންނަ އަންނަ އަންގާރަ ދުވަހުއެވެ.

ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.