ޗެމްޕިއަންކަން ބީބީއޭ އާއި އެފްބީއޭ/ސީ3 އަށް

ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމް ބީބީއޭ ޗެމްޕިއަން ޓްރޮފީއާއެކު، ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްބީއޭ ސީ/3
ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމް ބީބީއޭ ޗެމްޕިއަން ޓްރޮފީއާއެކު، ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްބީއޭ ސީ/3

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ބީބީއޭ އަދި ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްބީއޭ/ސީ3 ހޯދައިފި އެވެ.

އެ ކެމްޕަހުގެ ކިޔަމުންދާ ދަރިވަރުން ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ފުޓްސަލު މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ބީބީ ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ކްލަބު ފައުންޑޭޝަނާ ބައްދަލުކޮށް 3-6 ލަނޑުންނެވެ.

ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްބީއޭ/ސީ3 ހޯދީ ފައިނަލުގައި މިއަދު ހަވީރު އެފްބީއޭ.އެފްއައިޓީ ބެޗް 14 އާ ބައްދަލުކޮށް 26-10 ޕޮއިންޓުން މޮޅުވެގެންނެވެ.

ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ބީބީއޭގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސައްޓުގެ އިތުރުން ހިމެނެނީ އެ ޓީމުގެ ހަސަން ޒަރީރު އާއި މުބާރާތުގައި އެންމެގިނަ ގޯލު ޖެހި ކްލަބު ފައުންޑޭޝަންގެ އަލީ މާޒިން އާއި ކްލަބް ސީ 3 ގެ މުހައްމަދު އަޖުފާން އެވެ.

ނެޓްބޯޅަ މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމެންޓަކަށް ހޮވުނީ އެފްބީއޭ/ސީ 3 ގެ މަރިޔަމް އަޒްލިފާ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ އަޒްލިފާގެ އިތުރުން އެ ޓީމުގެ ސަޖާތު އިބްރާހިމް އާއި ބީބީއޭ ގެ ޝަހްލާ އަލީ އާއި، އެފްބީއޭ/އެފްއައިޓީ ބެޗް 14 ގެ ރުމައިޒާ އަބްދުއްރަހީމު އާއި އައިޝަތު ލަމްޔާ ރަޝީދު އެވެ.

މި މުބާރާތްތަކަކީ ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމުގެ ގޮތުން އަލަށް ބޭއްވި މުބާރާތްތަކެއް ކަމަށް އެ ކެމްޕަހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.