އިގުރާއާ ގުޅިގެން ޕްރީ ސްކޫލު ހިންގަން ނޭދެވޭ ކަންތައްތަކެއް ހިނގާފައިވޭ: ކައުންސިލް

އޭދަފުށީ ކައުންސިލުން ރޭރައްޔިތުންނާ ބައްދަލުކުރަނީ

އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ނަމުގައި ބަހިއްޔާ ޕްރީ ސްކޫލު ހިންގަން އައިލެންޑާސް އެޑިއުކޭޝަނާ ހަވާލުކުރަން ނިންމާފައިވާއިރު، އެކަމުގައި “ނޭދެވޭ” ކަންތައްތަކެއް ހިނގާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ އާ ކައުންސިލް ހޮވުނު ފަހުން ބޭއްވި ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި އާއްމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ ބަހިއްޔާ ޕްރީ ސްކޫލް އިގްރާއާ ގުޅިގެން ހިންގަން ނިންމި މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އަތޮޅު ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ. އެހެންވެ އެކަމާގުޅޭ މާބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

“މިވަގުތައް އެ މަސައްކަތް ކުރިޔަށް ގެންދިއުން މަޑުޖައްސާލާފައި އޮންނާނީ. ބެލި ބެލުންތަކުން މިކަމުގައި ނޭދެވޭ ގޮތަކަށް ކަންކަން ގޮސްފައި ހުރިކަން ފާހަގަކުރެވޭ.”

މިދިޔަ ކައުންސިލުން ކުރިން ބުނީ ބަހިއްޔާ ޕްރީސްކޫލް ހިންގަން އެއްވެސް ބަޔަކާ ހަވާލުނުކުރާ ކަމަށާއި ކައުންސިލުން ހަމައެކަނި ކުރާކަމަކީ އައިލެންޑާސް އެޑިޔުކޭޝަނާ ގުޅިގެން އިޤްރާގެ ކަރިކިއުލަމް ބަހިއްޔާ ޕްރީ ސްކޫލުގައި ކިޔަވައިދެނީ އެވެ.

ނަމަވެސް “އީޓީ” އަށް އެނގިފައިވާ ގޮތުގައި ބަހިއްޔާ ޕްރީ ސްކޫލު ފްރެންޗައިޒް އުސޫލުން ހިންގުމަށް އައިލެންޑާސް އެޑިޔުކޭޝަނާއެކު އޭދަފުށީ ކައުންސިލުންވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން “އިގްރާ” ގެ ކަރިކިއުލަމަށް ކޮންމެ މަހަކުވެސް 9000 ރުފިޔާ ކައުންސިލުން ދައްކަން ޖެހެއެވެ. މިހެންވެއްޖެނަމަ ކައުންސިލުން ކޮންމެ މަހަކުވެސް ބޮޑު ހަރަދެއް ކުރަން ޖެހޭނެ އެވެ.

ވޭތުވެދިޔަ ހަ މަސްދުވަހު ކައުންސިލްގެ ހަރަދު ތަފްސީލުތަކުން ދައްކާ ގޮތުގައި އިގްރާ އިންޓަނޭޝަނަލް ރެޖިސްޓްރޭޝަން ފީއަށް އެކަނިވެސް ކައުންސިލުން 11،510 ރުފިޔާ ވަނީ ދައްކައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މަޖީދު

    ޒިންމާދާަރު ވެރިޔާއަށް ކުރި ސުވާލުގެ ޖަވާބު ނުދެވިގެން ޖަވާބު ދިނީ ކައުންސިލް އިދާރާގެ އިދާރީ މުވައްޒަަފެއް. މީ ވަރަށް ވާހަކަ. އަދިވެސް ބުނާތި މަށަށް ވާނޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.