އަތޮޅު ކޮމާންޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މަޝްވަރާ ބައްދަލުވުމުގެ ތެރެއިން | ފޮޓޯ:ޕޮލިސް

ނޯތު ޕޮލިސް ޑިވިޒަންގެ ހިމެނޭ ނ، ރ، ބ އަދި ޅ. އަތޮޅު ކޮމާންޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ފުލުހުން ބުނި ގޮތުގައި، އިއްޔެ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ މީޓިން ހޯލްގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ ނޯތް ޕޮލިސް ޑިވިޒަންގެ އަތޮޅުތަކުގައި ކުރެވޭ މަސައްކަތްތަކާއި އަތޮޅުތަކުގައި ދެމުންދާ ފުލުހުންގެ ޚިދުމަތްތައް މިހާރަށް ހަރުދަނާކޮށް، ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށްޓަކައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ތަޖުރިބާ އިތުރުކޮށް، މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ބަލައި ގޮތްތަކެއް ކަނޑައެޅުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ބައްދަލުވުމުގައި ނޯތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ޙަސަން ޝަހީމް އާއި ނ. އަތޮޅުގެ ކޮމާންޑަ އިންސްޕެކްޓަރ އޮފް ޕޮލިސް އާއި ރ. އަތޮޅުގެ ކޮމާންޑަ ޗީފް ސްޓޭޝަން އިންސްޕެކްޓަ އިބްރާޙީމް ވަހީދުއާއި ބ.އަތޮޅުގެ ކޮމާންޑަ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ޚަލީލްގެ އިތުރުން ޅ. އަތޮޅުގެ ކޮމާންޑަ އަޙްމަދު އާތިފްގެ ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.