މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިއާގެ ކުންފުންޏަކަށް ބީއެމްއެލް

ބީއެމްއެލްއަށް އެވޯޑް ހަވާލުކުރަނީ- ފޮޓޯ/ބީއެމްއެލް

އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތް ކުރަން އެންމެ ރަނގަޅު ކުންފުންޏަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހޮވިއްޖެ އެވެ.

“އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ބީއެމްއެލް އަށް ލިބިފައި މި ވަނީ ސިންގަޕޫރުގައި މިއަދު ހެނދުނު އޮތް އެވޯޑް ދިނުމުގެ ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލްގެ ފަރާތުން މި އެވޯޑާއި ހަވާލުވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އަދި ހެޑް އޮފް ހިޔުމަން ރިސޯސަސް އަހުމަދު އިބްރާހިމް އެވެ.

މި އެވޯޑަކީ ބޭންކުން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑެކެވެ.

ޖަޖުންގެ ޕެނަލުން ފާހަގަކުރި ގޮތުގައި ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުންޏަށް ބީއެމްއެލް ވަނީ ވެފައެވެ.

މި ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. 2016 ވަނަ އަހަރު ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ދޭ “މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް، އިންޑިއަން އޯޝަން އެވޯޑް” ވެސް ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ލިބިފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.