ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 5 ގައި އިއްޔެ މިލައިދޫ ރިސޯޓް އަތުން ސީދާ 3 ސެޓުން ޑްސިޓް ތާނީ މޯލްޑިވްސް މޮޅުވެއްޖެ އެވެ.
ސޮނެވާފުށީ ރިސޯޓްގައި ކުޅުނު މެޗުގައި ޑުސިޓުން އިއްޔެ ހަވީރު މިލައިދޫ އަތުން ސެޓުތައް ގެންދިޔައީ 25-12، 25-17، އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޑުސިޓްގެ އިބްރާހިމް ޖަމާލު އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ސޮނެވާފުށީ ރިސޯޓާ ދެކޮޅަށް ނުކުންނާނީ އަމިއްލަފުށި ރިސޯޓެވެ.