ދިރާގުގެ ފައިބަ ބްރޯޑްބޭންޑް އިންޓަނެޓް އިތުރު ދެ ރަށަކަށް

ދިރާގުގެ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ކ. ދިއްފުށީގައި ދޭން ފެށުން ފާހަގަކުރަނީ.– ފޮޓޯ: ދިރާގު

ދިރާގުން ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓުގެ ހިދުމަތް ކަމަށްވާ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ކ. އަތޮޅުގެ އިތުރު ދެ ރަށެއްގައި ފަށައިިފި އެވެ.

ދިރާގުން މިދިޔަ ހަފްތާގައި މި ހިދުމަތް ދޭން ފަށާފައިވަނީ ދިއްފުއްޓާއި ގުރައިދޫ ގަ އެވެ.

އެ ގޮތުން، ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް ކަމަށްވާ 100 އެމްބީޕީއެސްއާ ހަމަ އަށް އަދި އެންމެ ބޮޑެތި އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖުތައް މިހާރު އެ ދެރަށުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ވަނީ އެ ދެރަށުގައި ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވައިފަ އެވެ.

ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން ދިރާގުން ވަނީ އެ ދެ ރަށުގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެ ގޮތުން، މި ޕްރޮމޯޝަންގައި، އަންނަ މަހުގެ ނިޔަލަށް ފައިބަ ހިދުމަތް ނަގާ ހުރިހާ ފަރާތްތަކަށް ފައިބަ ބޮރޯޑްބޭންޑް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދޭނެ އެވެ.

ދިރާގުން މުޅި ރާއްޖޭގައި ގާއިމްކޮށްފައިވާ ފައިބަ ނެޓްވޯކް މެދުވެރިކޮށް ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ދެނީ ދިއްފުއްޓާއި ގުރައިދޫގެ އަދި އެ އަތޮޅު މާފުށީގެ އިތުރުން، މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ލ. ގަމުގަ އާއި ފޮނަދޫގެ އިތުރުން ބ. ދަރަވަންދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.