އޭދަފުށީގައި މަސް މާރުކޭޓެއް ހަދަން މަޝްވަރާކޮށްފި

އޭދަފުށީ ބަނދަރު މަތި، މަސް މާރުކޭޓެއް އަޅަން ކައުންސިލުން ވަނީ މަޝްވަރާކޮށްފައި

އޭދަފުށީގައި ރަނގަޅު ފެންވަރުގެ މަސް މާރުކޭޓެއް އަޅަން ކައުންސިލުން މަޝްވަރާ ކޮށްފި އެވެ.

ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ، ކައުންސިލުން އިއްޔެ ބޭއްވި އާއްމު ބައްދަލުވުމުގައި، ބަނދަރުގެ ޕޭމެންޓް ހަދައި ނިމިފައިވުމާއެކު. ރަނގަޅު ފެންވަރުގެ މަސް މާރުކޭޓެއް އެޅުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އޭދަފުށީ ކައުންސިލުން މަސް މާރުކޭޓެއް އަޅަން މަޝްވަރާ ކުރިއިރު، ދަ ބިގިނާސް އިން ކައުންސިލާ ގުޅިގެން މަސްމާރުކޭޓެއް އަޅަން މިދިޔަ އަހަރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެހެންވެ، ކައުންސިލުން އިއްޔެ މަޝްވަރާ ކޮށްފަިއވަނީ އެ ކްލަބާ ގުޅިގެން މަސް މާރުކޭޓް އެޅުމަށެވެ.

ވާޓަރު މައްޗަށް މަސް ބާލައި ކެނޑުން މިރަށު ކައުންސިލުން މަނާ ކޮށްފައި އޮތް ނަމަވެސް، އެކަމަށް ހާއްސަ ސަރަހައްދެއް ނުވަތަ ތަނެއް ނެތުމުގެ ސަބަބުން ވާޓަރު މަތީގައި މަސްބާލައި ކެނޑުމަކީ އާއްމު ކަމެކެވެ. އަދި މިހާރު ބަނދަރުގެ ޕޭމެންޓް ހަދައި ނިމިފައި ވުމާއެކު ޕޭވްމެންޓް މައްޗަށް މަސް ބޭލުން ވެސް ވަނީ އާއްމުވެފަ އެވެ.

ކައުންސިލުން ގަބޫލުކުރާ ގޮތުގައި އެގޮތަށް ވާޓަރު މައްޗަށާއި ޕޭމެންޓް މައްޗަށް މަސްބާލައި މަސް ކަޑައި ހަދަނީ އެކަމަށް ވަކި ތަނެއް ނުވަތަ މަސްމާރުކޭޓެއް ހެދިފައިި ނެތުމުގެ ސަބަބުންނެވެ.

ތޮލާލު ވިދާޅުވީ މަސް މާރުކޭޓް އެޅެންދެން ބަނދަރުގެ އިރުމަތީ ސަރަހައްދުގައި ވަގުތީ ގޮތުން މަސް ކަނޑައި ބޭލޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“އެހެންވެ އަޅުގަޑުމެން މި މަސައްކަތް ކުރަނީ ދާއިމީ މަސް މާރުކޭޓެއް އެޅެންދެން އެކަމަށް ވަކި ތަނެއް ހާއްސަކުރަން. ރައްޔިތުންގެ ވެސް އެދުމަކީ އެއީ، އުއްމީދު ކުރަން މިތަން ހަދައި ބޭނުންކުރަން ފެށުމުން، މިހާރު އުސޫލެއްނެތި ބަނދަރު އެކި ސަރަހައްދުތަކަށް މަސްބޭލުން ހުއްޓުމަކަށް އަންނާނެ ކަމަށް،”

ތޮލާލު ވިދާޅުވީ މަސް މާރުކޭޓް އެޅުމުގެ މަސައްކަތް މިއަހަރުތެރޭ ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.