ޕެރިސް ހިލްޓަން އަމިއްލަފުށީގައި

އެމެރިކާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޕެރިސް ހިލްޓަން ބ. އަތޮޅު އަމިއްލަފުށީ ރިސޯޓްގައި ޗުއްޓީ ހޭދަކުރައްވަމުން އެބަ ގެންދަވައެވެ.

ޕެރިސް ހިލްޓަން ވަނީ އެ ރިސޯޓްގައި ނަގާފައިވާ ފޮޓޯ އެއް އިންސްގްރާމް ކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ އެ ރިސޯޓުގައި އޭނާ ހުންނަ ރެސިޑެންސްގެ ޕޫލު ކައިރީ މަޑުކޮށްލައިގެން ހުރި މަންޒަރެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އޭނާ އެ ރިސޯޓަށް އައި އަންގާރަ ދުވަހު އެވެ.

އެ ފޮޓޯ އަމިއްލަފުށި ރިސޯޓުގެ ފޭސްބުކް ޕޭޖުގައިވެސް މިއަދު ވަނީ ޕޯސްޓް ކޮށްފަ އެވެ. އަދި ބުނެފައިވަނީ ޕެރިސް ހިލްޓޮން ހުރީ އެ ރިސޯޓުގަ ކަމަށެވެ.

ޕެރިސް ހިލްޓަން އޭނާގެ 35 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރުވެސް ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކައިދޭ ފޮޓޯތައްވެސް މީގެ ކުރިން ޕެރިސް ހިލްޓަން ވަނީ އިންސްޓަގްރާމް ކޮށްފައެވެ. އޭނާ ރާއްޖެ ސިފަކޮށްފައިވަނީ މަޑުމަތިރި، ހިތްފަސޭހަތަނެއްގެ ގޮތުގައެވެ.

ޗުއްޓީ ހޭދަކޮށްލުމަށައި އުފަން ދުވަސް ފާހަގަ ކުރުމަށް ދުނިޔޭގެ މަޝްހޫރު ފާންނާނުން މިއަތޮޅުގެ ރިސޯޓްތަކަށް އައުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.