ބ. އަތޮޅުން ޕެޓްރޯލް ލިބުން ދަތިވެއްޖެ!

ދަރަވަންދޫ ފިއުލް ސާވިސް އިން ލޯނަޗަކަށް ޕެޓްރޯލް އަޅަނީ. މިއަތޮޅުން ޕެޓްރޯލް މުޅިންހެން ވަނީ ހުސްވެފައި

ބ. އަތޮޅުގެ ރަށްރަށުން ޕެޓްރޯލް މުޅިންހެން ހުސްވެ، ޕެޓްރޯލް ލިބުން ވަރަށް ބޮޑަށް ދަތިވެއްޖެ އެވެ.

މި މައްސަލަ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ކުރިމަތިވެފަ އެވެ. އެންމެ ބޮޑު ސަބަބަކީ ސަޕްޔަޔަރުން އަތުން ޕެޓްރޯލު ހުސްވެ، ޑިމާންޑް ބޮޑުވުމެވެ.

“މިއަދުވެސް ދެތިން ތަނަކަށް ދިޔައިން ޕެޓްރޯލް ގަންނަން. އެއްވެސް ފިހާރައަކުން ގަންނާކަށް ނުލިބުން،” ސައިކަލުން ޕެޓްރޯލް ހުސްވެގެން ޕެޓްރޯލް ގަންނަން އުޅުނު މީހަކު ބުންޏެވެ.

“އެންމެ ފަހުން ރައްޓެއްސެއްގެ ސައިކަލުން ޕެޓްރޯލް ކޮޅެެއް ނަގައިގެން އެޅީ،”

ބައެއް ފިހާރަތަކުން ވާހަކަ ދެއްކި މީހުން ބުނިގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް އެއްވެސް ދަތިކަމެއް ނެތި ޕެޓްރޯލް ލިބުނެވެ. އެކަމަކު އޭގެ ފަހުން ޕެޓްރޯލް ރަށުން ހުސްވަން ކައިރި ވުމުން ގަންނަ މީހުންގެ އަދަދު އިތުރުވެ، ވަރަށް އަވަހަށް ޕެޓްރޯލް ސްޓޮކް ވިކި ހުސްވެއްޖެ ކަމަށް އެތަންތަނުން ބުންޏެވެ.

“މިހާރު ހަމަ އެއްވެސް ވަރަކަށް ނެތް ޕެޓްރޯލެއް ލިބޭކަށް. މި ރަށުގެ އެއްވެސް ފިހާރައެއްގައި ވެސް އެއްވެސް ވަރަކަށް ޕެޓްރޯލެއް ނެތް، އޭދަފުށިން ވާހަކަ ދެއްކި ވިޔަފާރިވެރިއަކުން ބުންޏެވެ.

މި ސަރަހައްދުގައި ފުޅާ ދާއުރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ދަރަވަންދޫ ފިއުލް ސާވިސް އިންވެސް ބުނީ އެތަނުންވެސް ޕެޓްރޯލް ސްޓޮކް ހުސްވެފައިވާ ކަމަށާއި ނަމަވެސް މާދަމާ ހަވީރު ޕެޓްރޯލް ލިބޭނެވަރު ވާނެ ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި މިއަތޮޅުން ޕެޓްރޯލް ލިބުން ދަތިވި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.