ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 5 ގައި މިއަދު ކުޅުނު މެޗުން އަމިއްލަ ފުށި ބަލިކޮށް ސޮނެވާފުށި މޮޅުވެއްޖެ އެވެ.
މުބާރާތް މިއަހަރު ހޮސްޓްކުރާ ސޮނެވާފުށިން މެޗު ކާމިޔާބުކުރީ އަމިއްލަފުށި ރިސޯޓާ ވާދަކޮށް ފަސޭހަކަމާ 3-1 ސެޓުންނެވެ. އަމިއްލަފުށީ ވަނީ މުބާރާތުއި ކުޅުނު ފުރަތަމަ މެޗުން އަނަންތަރާ އަތުންވެސް ބަލިވެފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސޮނެވާފުށީ ރިސޯޓް ހުޒަންޓޭ އެވެ.
މުބާރާތުގަިއ މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަކުރާނީ އަނަންތަރާ އާއި ޑުސިޓް އެވެ.
މި އަހަރުގެ މުބާރާތުގުގައި ބ. އަތޮޅުގެ ފަސް ރިސޯޓުން ވާދަކުރެއެވެ. ލީގު އުސޫލުން ކުޅެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅެ މޮޅުވާ ޓީމަކަށެވެ. ފައިނަލް ކުޅޭނީ މި މަހުގެ 15 ގަ އެވެ.