ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަހައުސް ނެޓްބޯޅަ މުބާރާތުގެ ޖޫނިއާ އަދި ސީނިއާ ބައިގެ ޗެމްޕިއަންކަން ވަތަބަނޑޭރި ހަސަން ތަކުރުފާނު ހައުސް (ޔެލޯ ހައުސް) ހޯދައިފި އެވެ.
މުބާރާތުގެ ޖޫނިއާ އަދި ސީނިއާ ބައިގެ ޗެމްޕިއަންކަން ޔެލޯ ހޯދީ ފައިނަލުގައި މިއަދު ހަވީރު ބްލޫ ހައުސް ބަލިކޮށްގެންނެވެ.
މުބާރާތުގެ ޖޫނިއާ ބައިން އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޔެލޯ ހައުސްގެ އާމިނަތު ފައިހާ ފާއިޒު އާއި ހައްވާ އިޒްވާ އަމްޖަދު އާއި ބްލޫ ހައުސްގެ ފާތުމަތު އިބާނާ އާއި އައިޝަތު މަލާހާ މުހައްމަދު އަދި ވައިލެޓް ހައުސްގެ ހައްވާ ފަރާހަތު ނާޝިދު އެވެ.
ސީނިއާ ބައިން އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ރެލޯ ހައުސްގެ ރަޝާ ރިޒާ އާއި ސައްމާ މުހައްމަދާއި ބްލޫ ހައުސްގެ ހިޝްމާ ހަސަން އާއިބްލޫ ހައުސްގެ އައިޝަތު ނައިހާ އާއި އާއި ރެޑް ހައުސްގެ ފާތުމަތު އީމާ އެވެ.