އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔެލޯ ހައުސް އަށް

އިންޓަރ ހައުސް ފުޓްބޯޅަ މުބާާރާތުގެ ސީނިއަރ ގްރޫޕުގެ ޗެންޕިއަން ޓީމް ޔެލޯ ހައުސް ޗެންޕިއަން ޓްރޮފީއާއެކު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއާ ގްރޫޕުގެ ޗެމްޕިއަންކަން ޔެލޯ ހައުސް ހޯދައިފި އެވެ.
ޔެލޯ ހައުސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިއަދު ހަވީރު ވޭތުވެދިޔަ ތިން އަހަރުގެ ރަނާ އަޕް ވައިލެޓް ހައުސް ބަލިކުރުމަށްފަހު އެވެ. ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ޔެލޯ ހައުސް ކުރި ހޯދީ 3-2 އިންނެވެ.

މުބާރާތުގެ ސީނިއާ ގްރޫޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ވައިލެޓް ހައުސްގެ ޔޫސުފް ނިޔާޒު އާއި މުހައްމަދު އިޔާން އާއި ޔެލޯ ހައުސްގެ އަލީ ހަމްދާން އާއި ލާމިއު މުހައްމަދު އަދި ހުސައިން ޖިނާނު އެވެ.

މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ ބްލޫ ހައުސް އެވެ. ޖޫނިއާ ބައިގެ ޗެމްޕިއަންކަން އެ ޓީމު ހޯދީ ރޭ ކުޅުނު 2-0 އިން ޔެލޯ ހައުސް ބަލިކޮށްގެންނެވެ.

އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޖޫނިއަރ ގްރޫޕްގެ ޗެންޕިއަން ޓްރޮފީ ބްލޫ ހައުސް ޓީމުން އުފުލާލަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޖޫނިއާ ގްރޫޕުން އެންމެ މޮޅު ފަސް ކުޅުންތެރިނަށް ހޮވުނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބްލޫ ހައުސްގެ ޝުއާއު ޝަމްއޫން އާއި މަންހަލް ޒިޔާދު އާއި ވިސާހު އަހްމަދުގެ އިތުރުން ޔެލޯ ހައުސްގެ މާހިލް މުހައްމަދު އާއި އީގާން އަބްދުލް މަޖީދު އެވެ.

ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.