ފައިބަރު މަސައްކަތް ކުރާ ހަރުގެއެއްގައި ރޯވެ އަނދައިފި

ފައިބަރު ގުނދަނުގައި ރޯއަނދަނީ- ފޮޓޯ / އީޓީ ފޮޓޯ/ރާއިފް ޔޫސުފް

ބ. އޭދަފުށީގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެ، ވަރަށްބޮޑަށް އަނދައިފި އެވެ. އަލިފާނުގެ މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

މިރޭ 8 ޖަހާ އެހާކަން ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ މިރަށު އިރުމަތީ ސަރަހައްދު ހިއްކި ބިމުގައި ފައިބަރުގެ މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ހަދަފާއި ހުރި ހަރުގެއެއްގަ އެވެ. އެތަން އާއްމު ގޮތެއްގައި ބޭނުންކުރަނީ ޑިންގީ ފަދަ ތަކެތި ބަނދެ މަރާމާތު ކުރުމަށެވެެ. ނަމަވެސް މި ހާދިސާ ހިނގިއިރު އެ ތަނުގައި އެއްވެސް ޑިންގީއެއް ފަދަ އެއްޗެއް ނެތެވެ.

ނަމަވެސް އަލިފާނުގެ ހާދިސާގައި ފައިބަރު ކުރަން ބޭނުންކުރާ ކެމިކަލް އަދި އިލެކްޓްރޯނިކްސް ސާމާނުތައްވަނީ އެއްކޮށް އަނދައިފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބައެއް އަދި ނޭނގެ އެވެ.

ފުލުހުންނާއި އާއްމުން ގުޅިގެން ކުރި މަސައްކަތުން މިހާރުވަނީ އަލިފާންގަނޑު ނިއްްވާލާފަ އެވެ.

ފައިބަރު ގުނދަނުގައި ރޯއަނދަނީ- ފޮޓޯ / އީޓީ ފޮޓޯ/ރާއިފް ޔޫސުފް

އަލިފާންރޯވެ އެނދި މި ހަރުގެއަކީ މިދިޔަމަހު ކައުންސިލުން ނެގުމަށް އަންގާފައިވާ ތަނެކެވެ. ނަމަވެސް އެނގިފަވާ ގޮތުގައި މިދިޔަ ހަފްތާވަނީ އެތަން ނަގަންދިން މުއްދަތު އަލުން އިތުރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.