ހަރުގެ ރޯވުމުން އެތައްލައްކަ ރުފިޔާގެ ބޮޑު ގެއްލުމެއް

ހަރުގޭގައި ރޯވެ އަނދަނީ- ފޮޓޯ / އީޓީ ފޮޓޯ/ރާއިފް ޔޫސުފް

ފައިބަރުގެ މަސައްކަތް ކުރާ ހަރުގޭގައި އަލިފާން ރޯވެ، އަނދައި ހުލިވުމުން އެތައްލައްކަ ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެތަނުގައި މަސައްކަތް ކުރާ ވެރިފަރާތުން ރޭ ބުނެފި އެވެ.

ޑިންގީ އާއި ކުދި ލޯންޗުފަހަރު ބަނދެ މަރާމާތުކުރުމަށް ޓިނު ޖަހައިގެން ހަދާފައިވާ ހަރުގޭގައި ރޯވީ ރޭ 8:30 ހާއިރެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ. އަލިފާންގަނޑު ފެތުރުމުގެ ކުރިން ހަރުގެއާއި ކައިރީގައި ހުރި ފައިބަރު ޑިންގީތައް، އެވަގުތު އެސަރަހައްދަށް ދިޔަ އާއްމުން ވަނީ ދުރުކޮށްފަ އެވެ.

ހަރުގޭގައި ރޯވި އަލިފާން ގަނޑު ނިއްވާލުމުގެ މަސައްކަތް ފުލުހުން ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ހަރުގޭގައި ރޯވެ އެއްކޮށް އަނދައި ހުލިވެފައިވާއިރު ހަރުގޭގައި މަސައްކަތް ކުރާ ހުސައިން ފިކުރީ ތުހުމަތު ކުރާ ގޮތުގައި އެތަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ އެވެ.

“އަމިއްލަ އަށް ރޯވާނެ އެއްވެސް އެއްޗެއް އެތަނަކު ނުހުންނާނެ، އަދި ކަރަންޓެއްވެސް ނުހުންނާނެ،”

ޓިމު ޖަހައިގެން މިރަށު އިރުމަތީ ސަރަހައްދު ހިއްކި ބިމުގައި ހަދާފައިވާ އެ ހަރުގޭގައި ޑިންގީފަދަ ތަކެތި ބަނދެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެތަނުގެ ބިން ހުސްކުރަން ކައުންސިލުން އެންގުމުން އޭނާ އެ މަސައްކަތް ނުކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ހަރުގޭގައި ރޯވެ އަނދަނީ- ފޮޓޯ / އީޓީ ފޮޓޯ/ރާއިފް ޔޫސުފް

އޭނާ ބުނީ އެތަނުގައި ރޯކޮށްލާފައި ވަނީ ހަރުގެ ރޫޅައި އެތަނުގެ ބިން ސާފުކުރަން ވެސް އަންގާފައި ވަނިކޮށް ކަމަށެވެ. ނަމަވެސް ކައުންސިލާއިއެކު ކުރެވުނު މަޝްވަރާގެ ފަހުން ހަރުގެ ތެރޭގައި ތަކެތި ބެހެއްޓުމުގެ ވަގުތީ ހުއްދައެއް ކައުންސިލުން ދިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

“ކައުންސިލުން އެތަން ނަގަން އެންގީ، އޭގެ ފަހުން އަނެއްކަ ކައުންސިލުން ބަހައްޓަންވެސް އެންގީ، އޭގެ ފަހުން ކައުންސިލުން އެތާ ބޭރުގައި ހުރި އެއްޗެހިތައްވެސް އަޅުގަނޑަށް ނޭނގި ނަގާ އުކާވެސް ލައިފި،”

ހުސައިން ބުނީ، އެހެން ތަނެއް ހޯދައިގެން މި މަސައްކަތް އަލުން ކުރަން ތައްޔާރުވަމުން އަންނަނިކޮށް އަލިފާނުގެ ހާދިސާގައި ފައިބަރުގެ މަސައްކަތްކުރަން ބޭނުންކުރާ ސާމާނާއި އިލެކްޓްރޯނިކް ހުރިހާ ސާމާނާއި، ލޯންޗް ބަންނަން ބޭނުންކުރާ ތައްގަނޑު އެއްކޮށް އަނދައިގެން ގޮސްފައިވާތީ މިއީ އޭނާ އާމުދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަން އޭނާ ފާހަގަ ކުރި އެވެ.

މީގެ 3 މަސް ކުރިން އެ ގުދަނުގައި ލޯންޗެއް ބަނުމުގެ މަސައްކަތް ކުރަނީ | އީޓީ ފައިލް ފޮޓޯ

އޭދަފުށީ ކައުންސިލުން ބުނީ ރޭ ރޯވި ހަރުގެއަކީ ގަވާއިދާ ހިލާފަށް ހަދާފައިވާ ތަނެއްކަމަށާއި އެެތަނުގައި ރޯވީ އެތަން ނެގުމާމެދު ވެރިފަރާތާ ކައުންސިލާ ދެމެދު އެންމެފަހުގެ މަޝްވަރާތައް ކޮސްފައިވަނިކޮށް ކަމަށެވެ

އަދި އެތަނަކީ ކަރަންޓްގެ ހިދުމަތް ނެތް ތަނަކަށް ވާތީ މިއީ ކަރަންޓް ޝޯޓަކުން ވީ ކަމެއްކަމަށް ނުބެލެވޭ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ހަރުގޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން 9:30 ހާއިރު އެވެ.

މީގެ ކުރިން އެ ގުދަނުގައި ލޯންޗެއް ބަނުމުގެ މަސައްކަތް ކުރިޔަށް ދާއިރު އެތަނުގެ ވެރި ފަރާތް އެތަނުގައި މަޑުކޮށްލައިގެން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.