ބީކޭ އިން ނެޓްބޯޅަ މުބާރާތަކާއި މަސްރޭސް މުބާރާތެއް ބާއްވަނީ

އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

އަންނަ އަޞްހާ އީދު ބަންދުގައި އޭދަފުށީގެ ޒުވާން ގްރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން އިންތިޒާމްކޮށްގެން ނެޓްބޯޅަ މުބާރާތަކާއި މަސްރޭސް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ގްރޫޕުގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން މަސްރޭހުގައި ބައިވެރިވިވުމުގެ ފުުުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު މިމަހުގެ 20 ވާ އާދިއްތަ ދުވަހުގެ 21:00 ގެ ކުރިން ފޯމް ހަވާލުކުރަން ޖެހޭނެއެވެ. ފޯމް ހުށަހެޅުއްވުމަށް ގުޅުއްވާނީ 9904645 އަށެވެ.

ބީކޭ އިން ބާއްވާ ނެޓްބޯޅަ މުބާރާތުގައި ބައިވެރިލައްވަން ބޭނުންފުޅުވެލައްވާ ޓީމްތަކަށްވެސް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ. ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9966577 އަށް ގުޅާލުމުން ފޯމް ލިބޭނެކަމަށް އެ ގްރޫޕުން މައުލޫމާތުދެއެވެ. މި މުބާރާތުގައި ބައިވެރުވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފޯމް ހުޅަހަޅާ 8 ޓީމަށްކަމަށް އެ ގްރޫޕުން މައުލޫމާތު ދެއެވެ.

ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހު 15 ވާ އަންގާރަ ދުވަހުގެރޭ 21:00 ގެ ނިޔަލަށެވެ.

މި މުބާރާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 9966577 އަށެވެ.

ބީކޭ ގްރޫޕުން ވަނީ މިދިޔަ ފިތުރު އީދު ބަންދުގައި 21 އަހަރުން ދަށުގެ ވަރަށް ފޯރިގަދަ ފުޓްސަލް މުބާރާތެއްވެސް އޭދަފުށީގައި ކުރިޔަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.